Sun Online
ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 36 މީހަކު މިހާތަނަށް މަރުވެފައިވޭ -- ފޮޓޯ: ކަތަމަންޑޫޕޯސްޓް
ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 36 މީހަކު މިހާތަނަށް މަރުވެފައިވޭ -- ފޮޓޯ: ކަތަމަންޑޫޕޯސްޓް
ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިރާތުނަގަރު އެއާޕޯޓުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: ކަތަމަންޑޫޕޯސްޓް

ނޭޕާލްގައި ތިބި ދިވެހި ކިޔަވާކުދީންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

  • އެކުދީންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދެމުން ދަނީ
  • ބިރާތުނަގަރަށް އަދިވެސް ވަރަށް ވިއްސާރަ
  • އެ ސަރަހައްދުގައި 33 ދިވެހި ދަރިވަރުން ތިބި
އަޙްމަދު މުޖްތަބާ
ލިޔުނީއަޙްމަދު މުޖްތަބާ

ނޭޕާލުގެ ބައެއް ސަރަހައްދު ތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، އެގައުމުގައި މަތީތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅޭ ސަރަހައްދެއްގައި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފައި ވާއިރު، އެ ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ނޭޕާލްގެ ބިރާތުނަގަރުގައި ޑޮކްޓަރުކަން ކިޔަވަމުންދާ 33 ދިވެހި ދަރިވަރަކު ދިރިއުޅޭ އިމާރާތުގެ ތިރީބައިގައި ފެންބޮޑުވެ އެ ދަރިވަރުން ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާއިރު، އަދިވެސް އެ ސަރަހައްދަށް މޫސުން ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ނޭޕާލުގައި ދިވެހި ދަރިވަރުން އުޅޭ ހޮސްޓެލްގައި ފެންބޮޑުވެފައި --- ފޮޓޯ: ކިޔުންތެރިއެއް

"އަދިވެސް މޫސުން ރަނގަޅެއް ނުވޭ. އިއްޔެގެ ވަގުތެއްގައި ވަރަށް ބޮޑަށް ވިއްސާރަވުމަށްފަހު، ރޭ ކުޑަކޮށް މޫސުން ރަނގަޅުވި ނަމަވެސް މިހާރު އަނެއްކާވެސް މޫސުން ގޯސްކަމަށް މައުލޫމާތު ލިބެނި،" ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ސަންއަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ، މިނިސްޓްރީއާއި ނޭޕާލްގައި ހުންނަ ދިވެހި އޮނަރަރީ ކޮންސުލް ގުޅިގެން، އެ ހުރިހާ ދަރިވަރުންގެ ހާލުވެސް ވަރަށް ގާތުން ބަލަމުން. އަދި އެކުދީން އެދޭ އެހީތެރިކަންވެސް ފޯރުކޮށްދެމުން. ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު."

ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިރާތުނަގަރު އެއާޕޯޓުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: ކަތަމަންޑޫޕޯސްޓް

އޮފިޝަލް ވިދާޅުވީ، މިވަގުތު އިތުރު އާ މައުލޫމާތެއް ނެތްކަމަށާއި އެހެން ނަމަވެސް، ކަންކަން ހިނގަމުންދާގޮތް، ބަލައި އިތުރު މައުލޫމާތު ހިއްސާކުރަމުން ގެންދާނޭ ކަމަށެވެ.

"އެ ހުރިހާ ކުދިންވެސް ދިރިއުޅެމުން ދަނީ އެއް އެޕާޓްމަންޓެއްގައި. އެޕާޓްމަންޓުގެ ގްރައުންޑު ފްލޯގައި ފެންބޮޑުވެފައި އޮތުމުން މިހާރު ހުރިހާ ކުދީންވެސް ތިބީ އިމާރާތުގެ މަތީބުރީގައި."

ބިރާތުނަގަރުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއްގެ އާއިލާގެ މެމްބަރަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާގެ މައުލޫމާތު އެ ދަރިވަރު އާއިލާއާ ހިއްސާ ކުރީ ރޭ ރާއްޖޭގެ ގަޑިން 9:30 ކަންހާއިރުއެވެ.

އާއިލާގެ މެމްބަރު ބުނީ އެ ދަރިވަރު ދިރިއުޅެމުންދާ ހޮސްޓެލްގެ ގްރައުންޑު ފްލޯއިން ފެށިގެން ފުރަތަމަ ފަންގިފިލާގެ ވަކި ހިސާބަކަށް ފެންބޮޑުވެފައިވާ ކަމަށެވެ.

"އޭނާ އުޅެނީ އެ ހޮސްޓެލްގެ ހަތަރު ވަނަ ފަންގިފިލާގައި. އަދި ގްރައުންޑް ފްލޯ އާއި ދެވަނަ ފަންގިފިލާގައި ތިބި ދިވެހި 15 ދަރިވަރުން މިހާރު ތިބީ މަތީ ފަންގިފިލާތަކަށް ބަދަލުކޮށްފައި،" "ސަން" އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދިނެވެ.

ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިރާތުނަގަރު އެއާޕޯޓުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: ކަތަމަންޑޫޕޯސްޓް

ނޭޕާލްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ނޭޕާލުގައި 36 މީހަކު މިހާތަނަށް މަރުވެފައިވެއެވެ.

އެ ހާދިސާގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދު ކަމަށްވާ މޮރާންގްގައި ގިނަ ގެތަކެއްވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. އަދި ބިރާތުނަގަރުގެ އެއާޕޯޓު މިހާރުވަނީ ފެނުގެ އަޑީގައެވެ.

infinity loading...
×
DB released 01.