Sun Online
"ޓެލޯ" ބެނުންކޮށްގެން އުފައްދާފަވާ އައު 10ޕައުންޑް ގެ ނޫޓް
"ޓެލޯ" ބެނުންކޮށްގެން އުފައްދާފަވާ އައު 10ޕައުންޑް ގެ ނޫޓް

ފައިސާ ނޫޓް އުފެއްދުމުގައި ޖަނަވާރުގެ ސަރުބީ ބޭނުންކުރުން ނޫންގޮތެއް ނެތް: ޔޫކޭ ބޭންކް

ޖަޒްލާން މުހައްމަދު
ލިޔުނީޖަޒްލާން މުހައްމަދު

ޖަނަވާރުގެ ފެޓްސް (ސަރުބީ) ބޭނުންކޮށްގެން އިންގްލެންޑްގެ ބޭންކުން ޕޮލިމާނޫޓް އުފެއްދުން ހުއްޓުވުމަަށް ފެށިކެންޕޭން ފެއިލް ވެއްޖެއެވެ.

އިންގްލެންޑްގެ ސެންޓްރަލް ބޭންކުން ބުނާގޮތުގައި ޖަނަވާރުންގެ ސަރުބީ ބޭނުންކޮށްގެން ހަދާ " ޓެލޯ" ނޫޓް އުފެއްދުމުގައި ފެޓް ބޭނުންކުރުން ކުރިޔަށް ގެންދާނެއެވެ. ބޭންކުން މިކަން އިއުލާނުކޮށްފައިވަނީ ދީނީގޮތުން އެކަން ގަބޫލު ނުކުރާ މީހުންނާ، ވެޖިޓޭރިއަން މީހުން އެކަން ހުއްޓުވުމަށް ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ.

އިންގްލެންޑްގެ ބޭންކުން މައުލޫމާތު ދޭ ގޮތުގައި ޕޮލިމާނޫޓް އުފެއްދުމަށް "ޓެލޯ" ފަދަ އެހެން އިތުރު އެއްޗެއް ނެތުމުން ޖަނަވާރުންގެ ފެޓް ބޭނުންކުރުން ނޫންގޮތެއް އަދި ނެތެވެ. މީގެ ކުރިން ޕާމް އޮލިވް ބޭނުންކޮށްގެން އުފައްދާ މާއްދާއަކުން ނޫޓް އުފައްދަަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ތިމާވެއްޓަށް އެކަމުން ބޮޑެތި ގެއްލުންތަކެއްވެފައި ބޮޑު ހަރަދުތަކެއް ދާތީވެ އެކަންވެސް ހުއްޓާލަން ޖެހުނީކަމަށް އިންގްލެންޑްގެ ސެންޓަރަލް ބޭންކުން މައުލޫމާތު ދެއެވެ.

އިންގްލެންޑްގެ އައު 5 ޕައުންޑްގެ ނޫޓްގައި ޖަނަވާރުންގެ ފެޓް ބޭނުންކުރުމުން 2016 ވަނަ އަހަރު މީހުންގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. ބޭންކް ތަކުން ޖަނަވާރުންގެ ފެޓް ބޭނުން ނުކުރުމަށް އޮންލައި ޕެޓިޝަނެއްވެސް ވަނީ ކުރިޔަސް ގެންގޮސްފައެވެ. މި ޕެޓިޝަނުގައި 130000 ވަނީ ބައިވެރިވެފައެވެ.

ސެންޓްރަލް ބޭންކަކީ މުޅި ބްރިޓިޝް މުޖުތަމައު ރިޕްރެޒެންޓް ކުރަންޖެހޭ ތަނެއްކަމަށް ބުނާއިރު އެއީ ހަގީގަތެއް ހުރި ކަމެއް ނޫންކަމަށް ޕެޓިޝަން ކުރިޔަށްގެންދާ ޑޮއުގް މޫ ބުނެއެވެ.

ނޫޓް ތަކުގައި "ޓެލޯ އެކުލެވޭ މިންވަރަކީ %0.05 އަށްވުރެވެސް ކުޑަ މިންވަރެއްކަމަށް އިންގްލެންޑްގެ ބޭންކުން މައުލޫމާތު ދެއެވެ. 50 ކަންބަޅީގެ ފެޓް ބޭނުންކޮށްގެން 9.3 ބިލިއަނުގެ 5 ޕައުންޑް ނޫޓް، 10 ޕައުންޑް ނޫޓް، އަދި 20 ޕައުންޑުގެ ނޫޓު އުފެއްދޭނެ ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

infinity loading...
×
DB released 01.