ސުމަތުރާއަށް ބާރުގަދަ ބިން ހެލުމެއް، ސުނާމީގެ ބިރުވެރިކަމެއް ނެތް!

ސުމަތުރާ ކައިރިއަށް މިއަދު ބިން ހެލުން އައި ސަރަހައްދު ----

އިންޑޮނޭޝިއާގެ ހުޅަނގުން އޮންނަ ސުމަތުރާ ކައިރިއަށް 6.5 މެގްނިޓިއުޑުގެ ބާރުގަދަ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ މިއަދު ހެނދުނު 8:08ގައި އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ދީފައިނުވާ ކަމަށާއި އަދި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކޮށްފައި ނުވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ބެންކަލްއާ 81 ކިލޯމީޓަރު ދުރުގައި އޮންނަ ސުމަތުރާކައިރިއަށް އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 67 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލެޖިކަލް ސާވޭއިން ބުނެއެވެ. ރާއްޖެއާ ސުމަތުރާއާ ދެމެދު 3242 ކިލޯ މީޓަރު ހުރެއެވެ.

އެބިންހެލުމުގެ އަސަރު ކޮންމެވެސް ވަރަކަށް އެ ސަރަހައްދަށް ކުރި ނަމަވެސް އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް