ގަދަފަދަ ނިއުރޭޑިއަންޓްގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ ދިވެހި ޕްރިމިއާލީގަށް މި ސީޒަނުގައި ވަރުގަދަ ސްކޮޑަކާ އެކު ކުރިމަތިލި ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާއިން ހިތްހަމަޖެހިލައިފި އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ އެ މެޗު މާޒިޔާއިން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ ކުރިން ވާހަކަދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޯން ބުނެފައި ވަނީ މާޒިޔާއަކީ އެންމެ ަވާދަވެރި ޓީމު ކަމަށާއި އެހެން ކަމުން އެ ޓީމު އަތުން މޮޅުވުމަކީ އެންމެ މުހިއްމު ކަން ކަމަށެވެ. އެހެން ކަމުން މާޒިޔާ އަތުން ބަލިވުމަކީ ނިއުރޭޑިއަންޓަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

މިއަދުގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 8 ވަނަ މިނިޓުގައެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މިހަޖޮވިކްއެވެ.

ދެ ވަނަ ލަނޑު ވެސް ފެނިގެންގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެލަނޑު މެޗުގެ 41 ވަނަ މިނިޓުގައި ކާމިޔާބު ކުރީ މުހައްމަދު އުމެއިރުއެވެ.

އުރީދޫ ދިވެހި ޕްރިމިއާލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން މާޒިޔާ އިން ވަނީ މި މުބާރަތުގައި ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ މިނިވަން ޗެމްޕިއަންޝިޕްގެ އެއް ވަނަ ކުޑަހުވަދޫގެ މައްޗަށް 4-0 ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް