Sun Online
އަހުމަދު މަހްލޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަހުމަދު މަހްލޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އިދިކޮޅު ކޯލިޝަން

އިދިކޮޅު ޕާޓީތަކުގެ ޖަލްސާ ބާއްވަން ބިމެއް ނުދޭތީ މަހުލޫފުގެ ޝަކުވާ ސަރުކާރަށް

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ްއިދިކޮޅު ޕާޓީތަކުން ޖަލްސާ ބާއްވަން ބިމެއް ނުދޭ ކަމަށް ބުނެ އެ ކޯލިޝަނުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަން ކާނިވާ ސަރަހައްދު ނުވަތަ ދަރުބާރުގެ ނުވަތަ އާޓިފިޝަލް ބީޗުވެސް ދިނުމަށް އެދި އެކި ޕާޓީތަކުން 100 އަށް ވުރެ ގިނަ ސިޓީ ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް ތަނެއް ދީފައި ނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑުމެން ދާނީ ސިޓީ ހުށަހަޅަމުން. ދެން ނުލިބުނު ނަމަވެސް އަޅުގަނޑުމެން ގައިވައިދުގައި އޮންނަ ގޮތުގެ މަތިން އެދޭނަން" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ސަރުކާރަށް މިހާރު ދިވެހި ރައްޔިތުންގެ ތާއީދު ނެތްކަމަށާއި ލޯކަލް ކައުންސިލު އިންތިހާބުގައި އެކަން ފެނިގެން ހިނގައްޖެ ކަމަށެވެ.

އަދި ބޮޑު ޖަލްސާއެއް ބާއްވަން ބިމެއް ދީފި ނަމަ އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު ރައްޔިތުން ދައްކާލާނެ ކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.

ޕީޕީއެމުން ސަރުކާރުގެ ބައެއް ބިންތައް ބޭނުންކޮށްގެން އެ ޕާޓީގެ ސިޔާސީ ހަރާކާތް ހިންގާތީ މަހުލޫފު ވަނީ ޕީޕީއެމާއި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

×
DB released.