އެމްޑީޕީ ނައީމާއްތަ އާއި އިތުރު ތިން މީހަކު ރޭ އެއްވުމުން ހައްޔަރުކޮށްފި

އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމައްތަ) ފުލުހުންގެ ޖިޕުގައި --- ފޮޓޯ/ އެމްޑީޕީ

އިދިކޮޅު އިއްތިހާދުން ރޭ އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމުގައި އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމައްތަ) އާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ސިލްސިލާކޮށް ކޮންމެ ރެއަކި އިދިކޮޅު ފަރާތްތަކުން އެކި ކަންކަމަށް ޑިމާންޑްކޮށް އެއްވުންތައް ބާއްވަ އެވެ.

ނައީމާއްތަ އާއި އިތުރު ހަތަރު މީހަކު ހައްރުކުރިކަން އެމީހުންގެ ފަރާތުން ދިޔަ ވަކީލު ނާޒިމް އަބްދުއް ސައްތާރު 'ސަން' އަށް ކަށަވަރު ކޮށްދެ އެވެ. ހައްޔަރު ކުރި މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ އެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ މީޑިއަ އޮފިޝަލު ވިދާޅުވީ ބަޔަކު ހައްޔަރުކުރިތޯ ބަލަމުން ދާ ކަމަށެވެ.

ރޭ ނޫން ކުރިރޭ ވެސް އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރު ކުރި އެވެ. އެ މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް