Sun Online
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިތުބާރު ދެމެހެއްޓުމަށް ނިއު އަތުން މޮޅެއް މުހިއްމު: ސެކުލޮވްސްކީ

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

އުރީދޫ ދިވެހި ޕްރިމިއަރ ލީގަކީ ދިގު ލީގެއް ކަމަށާއި އެހެންކަމުން ލީގުގެ ކުރީ ކޮޅު މާ ބައިވަރު ކަންކަން ނިމިގެން ނުދިޔަ ނަމަވެސް އިތުބާރު ދެމެހެއްޓުމަށްޓަކައި މިއަދުގެ މެޗަކީ މުހިއްމު މެޗެއް ކަމަށް މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.

މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެކުލޮވްސްކީ ބުނީ މާލޭ ލީގުގައި ފެނުނު ނިއުރޭޑިއަންޓާއި މިއަދު ފެންނާނެ ނިއުރޭޑިއަންޓް ހާސްބައި ތަފާތުވާނެ ކަމަށެވެ.

" ނިއު ވަރަށް ވަރުގަދަވާނެ. އެމީހުން ވަރަށް ކުރިން ކުޅުންތެރިން ގެނެސްފި. ގަބޫލުކުރިއަސް ނުކުރިއަށް އެއީ އެމީހުންނަށް ލިބުނު އެޑްވާންޓޭޖެއް،" މާލޭ ލީގުގެ މެދުތެރެއިން ކަހަލަ ގޮތަކަށް ނިއުރޭޑިއަންޓާ ގުޅުނު ބައެއް ކުޅުންތެރީން ފާހަގަކުރަމުން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ އަނިޔާއަށް ފަހު އަނބުރި އައިސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) މޮޅު ކުޅުމެއް ދައްކަމުން ދާކަމަށާއި އޭނާ ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައިކަމަށެވެ. އަދި އެ ހުނަރު މާޒިޔާގައި އެބަހުރި ކަމަށާއި މާޒިޔާއިން އަބަދުވެސް ކުޅޭނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.

މުބާރާތް ހުޅުވި މެޗުގައި މާޒިޔާ ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޓީމާ ދެކޮޅަށް ކުޅެ އެ މެޗުން މޮޅުވެފައެވެ.

މާޒިޔާ އަދި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.

×
DB released.