ނޭހާ ދޫޕީއާ އެކްސިޑެންޓުވުމުންވެސް އެހީވުމުގެ ބަދަލުގައި އެންމެން އުޅުނީ ސެލްފީ ނަގަން

ކުރީގެ މިސްއިންޑިއާ އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާ ނޭހާ ދޫޕިއާ

މީހަކު އެކްސިޑެންޓްވެގެން އުޅޭތަން ފެނިއްޖެނަމަ ގިނަބަޔަކު ބަލާނީ އެމީހަކަށް އެހީ ވެދެވޭތޯއެވެ. އެއީ އިންސާނިއްޔަތުކަމުގެ ގޮތުންވެސް ހަގީގަތުގައި އަމަލުކުރަންޖެހޭ ގޮތެވެ.

ކުރީގެ މިސްއިންޑިއާ އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތަލާ ނޭހާ ދޫޕިއާއަށް ދިމާވީ ހީވެސް ނުކުރާގޮތެކެވެ. ނޭހާ މިހާރު ކުރިއަށް ގެެންދާ އޯޑިއޯ ޕޯޑިއޯކާސްޓް ޝޯ ޕްރޮމޯޓުކުރުމަށް ޗަންދީގަރުގައި އުޅެފައި އެއާޕޯޓަށް ދާން ކާރުގައި ދަތުރުކުރަނިކޮށް އެކްސިޑެންޓްވުމުން މަގުމަތީގައި އެއްވެފައިތިބި މީހުން ނޭހާއަށާއި ކާރުގައި ތިބި މީހުންނަށް އެހީވުމުގެ ބަދަލުގައި ބެލީ ނޭހާއާ އެއްކޮށް ސެލްފީ ނަގައި އަދި ނޭހާގެ އޮޓޯގްރާފް ނެގޭތޯއެވެ.

އެހާދިސާގައި ނޭހާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނެތް ނަމަވެސް އޭނާގެ ބުރަކަށްޓަށް ވަރަށް ބޮޑަށް ތަދުވިއެވެ. އަދި އެކްސިޑެންޓްވުމުން މަގުމަތީގައި އެއްވެފައިތިބި މީހުން ކަންތައް ކުރި ގޮތުން ވަރަށް އުނދަގޫވި ކަމަށް ނޭހާ ބުންޏެވެ.

ނޭހާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ އެމްޓީވީގެ ޝޯއެއް ކަމަށްވާ "ރޯޑީސް"ގެ ޖަޖެއްގެ ގޮތުގައެވެ.

comment ކޮމެންޓް