Sun Online
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ފަޔާޒް މޫސާ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ފަޔާޒް މޫސާ
ޒުވާނުން

ތައުލީމް ހާސިލްކުރާ ޒުވާނުންގެ ގޮންޖެހުންތައް ހައްލުކޮށްދޭން މަސައްކަތް ކޮށްދޭނެ: އިރްތިޝާމް

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

މަތީ ތައުލީމް ހާސިލް ކުރާ ޒުވާނުންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ޒުވާނުންނަށް އަޅާލާ އެ ޒުވާނުންގެ ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަަމަށް ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވި 18 ޓީމުގެ ޒުވާނުންނާ މުޚާތަބުކުރައްވަމުން އިރްތިޝާމް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ކުޅިވަރުކުޅެވޭނެ ގޮތައް ހޯދައިދިނުމަށް ޚާއްސަ އިސްކަމެއް އަބަދުވެސްދޭ ކަމަށެވެ. އެކަން އެގޮތައް ހިނގަމުންދަނީ ސަރުކާރުން ޒުވާނުންނަށް ދޭ ޚާއްސަ އިސްކަމެއްގެ ސަބަބުން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ ހުރިހާ ޔުނިވާސީޓީ އެއް އަދި ކޮލެޖްތައް ހިމެނޭ ގޮތައް ޖުމްލަ ގޮތެއްގައި މަތީ ތައުލީމް ހާސިލްކުރާ ހުރިހާ ޒުވާނުން ހިމެނޭ ގޮތައް ސަރުކާރާއެކު ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށް ދައުވަތު އަރުވާ ކަމަށާއި އެކަމަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި މިފަހަރު، ވާދަކުރާ 18 ޓީމަކީ ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި އަދި ގައުމީ ޔުނިވާސިޓީގެ އިތުރުން، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ތަންތަނަށް ނިސްބަތްވާ ޓީމުތަކެކެވެ.

×
DB released.