ރޭ މުޒާހަރާއިން ހައްޔަރު ކުރި މީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި

ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަށް މީހަކު ހައްޔަރު ކުރި އެވެ. އެމީހުން މިއަދު ދޫކޮށްލާފައި ވަނީ ތިން ޝަރުތަކާ އެކު އެވެ.

އެއީ 30 ދުވަހުގެ ތެރޭގައި ކުށެއް ނުކުރުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި އުޅޭ އެޑްރެސް އެނގުމެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ގދ. އަތޮޅު ކައުންސިލް މެމްބަރު އަލީ ޝާމް އާއި މާލެ ސިޓީ ކައުންސިލުގެ މެމްބަރު އަޒުރާ މޫސާ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ޒިފްލީން ހަސަން ހިމެނެ އެވެ.

comment ކޮމެންޓް