ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގޭގައި މަޑުކުރަން އަންގައިފި

ޔޫތު މިނިސްޓްރީގެ ޕީއެސްކަމުގެ ލިޔުން މުނާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސީއެސްސީ

ދާދި ފަހުން ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސި ފާތިިމަތު މުނާ ގޭގައި މަޑު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފި އެވެ.

އެނގިފައިވާ މިމަހުގެ އެއް ވަނަ ދުވަހު މުނާ ވަނީ ޔޫތު މިނިސްޓްރީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާވެސް ބައްދަލުކޮށްފަ އެވެ. ނަމަވެސް އެއަށްފަހު އޭނާ އޮފީހަަށް ވަޑައިނުގަންނަވާކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސީއެސްސީ އިން ވަނީ އޭނާ ގޭގައި މަޑުކުރަން އަންގާފައެވެ.

މިކަމާ ގުޅިގެން ސީއެސްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މުނާ މީގެ ކުރިން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

މުނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަދި ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާ އިން ތައުލީމު ހާސިލް ކުރުމުގެ އިތުރުން ލީޑާޝިޕް އެންޑް އޮފީސް މެނޭޖްމަންޓް ރޮނގުން ވެސް ތަޢުލީމް ހާސިލް ކުރައްވަފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް