ފޭސްބުކުން ވީޑިއޯ ޝޯތަށް ބެލޭނެ ހިދުމަތް ތައާރަފް ކޮށްފި

ކުރިޔަށް އޮތް ތަނުގައި ފޭސްބުކްއިން ވީޑިއޯ ޝޯވތަށް ބެލޭނެ

ޔޫޓިއުބް އަދި އެހެނިހެން ވެސް ޓީވީ ނެޓްވާކު ތަކާ ވާދަކުރުމުގެ ގޮތުން މަޝްހޫރު ފޭސްބުކުން ވީޑިއޯ ޝޯތަށް ބެލުމުގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.

ފޭސްބުކް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ވޮޗް ޓެބް" ފެނިގެންދާނެއެވެ. މި ހިދުމަތުގެ ސަބަބުން ވީޑިއޯ ޝޯވތަށް ފޭސްބުކް މެދުވެރިކޮށް ބަލައިލެވޭނެއެވެ. މީގެ ބައެއް ވީޑިއޯތަށް ވެގެންދާނީ ސޯޝަލް މީޑިއާއިން ފަންޑުކޮށްގެން ދައްކާ ވީޑިއޯތަކަށެވެ.

މި މުޅިން އާ ފިޗާގެ ސަބަބުން ފޭސްބުކް ރައްޓެހިން އެއްބަޔަކު ބަލަމުންގެންދާ ޝޯވތަށް ހިއްސާކޮށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެއް ޝޯވތަކެއް ބެލުމަށް ޝައުގުވެރިވާ މީހުން އެއްތަނަކަށް ގެނެސް ގުޅުންބަދަހިކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ފޭސްބުކްގެ ފައުންޑާ މާކް ޒަކާބާގް ކުރެއްވި ޕޯސްޓްއެއްގައި ވެއެވެ.

މި އާ ފީޗާގެ ސަބަބުން ފޭސްބުކް އަދި ޕްރޮގްރާމް އުފައްދާ މީހުންގެ އާމްދަނި އިތުރުވެގެންދާނެއެވެ. އަދި ބެލުންތެރީންނަށް އިސްތިހާރުތަށް ސީދާ ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ.

ރިއަލިޓީ ޝޯވ، ކުޅިވަރު އަދި ހެއްވާމަޖާ ޝޯވް ތަށްފަދަ ތަފާތު ޝޯތަށް މި ފީޗާ މެދުވެރިކޮށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށްވެސް މާކް ޒަކާބާގް ވިދާޅުވިއެވެ.

ފޭސްބުކްގެ މި ފީޗާގެ ސަބަބުން، އެންމެންގެ މަގުބޫލުކަން ހޯދައިފަވާ ޔޫޓިއުބް އަދި ނެޓްފްލިކްސް ފަދަ ބޮޑެތި ނެޓްވާކްތަކާ ދެމެދު ވާދަވެރިކަން ބޮޑުވެގެންދާނެއެވެ. ފޭސްބުކްގެ އިތުރުން ވާލްޓް ޑިޒްނީއިންވެސް ވަނީ 2019 ވަނަ އަހަރު އަމިއްލަ ބްރޭންޑް ތަކާއެކު ސޯވްތަށް ފަށާނެކަމަށް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް