މަޒްޑާއިން އާ އިންޖީނެއް އުފައްދައިފި

2019 ވަނަ އަހަރު އައު އިންޖީނު ބާޒާރަށް ނެރުމަށްވަނީ ހަމަޖެހިފަ

ދުނިޔޭގެ ކުންފުނިތަކުން ކަރަންޓު އުޅަނދުތަށް އުފެއްދުމަށް މިސްރާބު ޖަހާފައިވަނިކޮށް ޖަޕާނުގެ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ މާޒްޑާއިން ސްކައިއެކްޓިވް-އެކްސް ބްރޭންޑްގެ ނަމުގައި އާ ޕެޓްރޯލް އިންޖީނެއް އުފައްދައިފިއެވެ.

އެ ކުންފުނީގެ ރިސާޗް ޑިވެލޮޕް ގެ ހެޑް ކިޔޮޝި ފުޖިވަރާ ވިދާޅުވާގޮތުގައި އެމީހުން އިސްކަންދެނީ އެފަދަ އިންޖީނުތަށް ފެންވަރު ރަނގަޅު ކުރުމަށެވެ. ކަރަންޓު ބޭނުންކޮށްގެން އުޅަނދުތަށް ދުވުން އެއީ މުހިންމުކަމެއްގެ ގޮތުގައި ދެކޭނަމަވެސް ތެޔޮ އިންޖީނުތަކަށް އިސްކަންދެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ޑީސަލް އިންޖީން ތަކާ އަޅާބަލާއިރު މި އުފެއްދި ޕެޓްރޯލް އިންޖީނަކީ 30 އިންސަށްތަ ތެޔޮ ހަރަދު ކުޑަ އިންޖީނެކެވެ. ޓެކްނޮލޮޖީގެ މި އުފެއްދުމާ އެކު މިފަދަ އިންޖީނުތައް އުފެއްދުމުގައި އަހަރުތަކެއްވަންދެން މަސައްކަތްކުރަމުން އަންނަ ޑައިމްލާ އަދި ޖެނަރަލް މޮޓޯޒް އަށްވުރެ މާކުރިޔަށް މަޒްޑާ ވަނީ ޖެހިލާފައެވެ.

މަޒްޑާގެ އާ އިންޖީނު އެޅި ކާރުތައް 2019 ވަނަ އަހަރުން ފެށިގެން ބާޒާރަށް ނެރެވޭނެއެވެ. އަދި އެހެން ކާރު އުފައްދާ ކުންފުނިތަކަށް އިންޖީނު ސަޕްލައި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް މަޒްޑާއިން ހާމަކުރެއެވެ.

މި އާ އިންޖީނު، މީހުންގެ މެދުގައި މަގުބޫލުވެގެން ގޮސްފިނަމަ މުސްތަގުބަލުގައި އަދިވެސް ތެޔޮ އިންޖީނުތަކަށް ޖާގަ އޮތްކަން ހާމަވެގެންދާނެއެވެ. އެހެން ނޫންނަމަ މަޒްޑާގެ މި އުފެއްދުމަކީ އުފެއްދުމުގައި މާ ބޮޑަށް ލަސްވެފައިވާ އުފެއްދުމަކަށް ވުން އެކަށީގެންވެއެވެ.

ހުސްވި ހަފަތާ ތެރޭގައި ޓޯޔޯޓާ އަދި މަޒްޑާ ގުޅިގެން 1.6 ބިލިއަން ޑޮލަރުގެ ފެކްޓްރީއެށް އެމެރިކާގައި އެޅުމަށްވަނީ ނިންމާފައެވެ. މި ފެކްޓްރީން 300،000 ކާރު އުފައްދާއިރު ގާތްގަނޑަކަށް 4،000 މީހުންގެ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

comment ކޮމެންޓް