އުތުރު ކޮރެއާއިން އަވައްޓެރި ގައުމުތަކާ ސުލްހަވުމަށް ދިވެހި ސަރުކާރުން ގޮވާލައިފި

އުތުރު ކޮރެއާއިން މިސައިލް ޓެސްޓެއް ކުރަނީ -- ފޮޓޯ: އީޕީއޭ

އުތުރު ކޮރެއާއިން ދޭތެރެ ދޭތެރެއިން ކުރަމުންދާ ނިއުކުލިއާ ޓެސްޓްތަކުގެ ސަބަބުން ކޮރެއާ ޕެނިންސިއުލާ ސަރަހައްދުގެ އަމާންކަން ނުރައްކާތެރި ހާލަތަކަށް ވެއްޓަމުންދާތީވެ ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނިގޮތުގައި އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އޭގެ އަސަރުކުރަނީ ހަމައެކަނި އަވަށްޓެރި ގައުމުތަކަށް ނޫން ކަމަށާއި އަދި އޭގެ ސަބަބުން މުޅި ދުނިޔޭގެ ހަމަޖެހުމަށް އޭގެ އަސަރުކުރެއެވެ.

ދިވެހި ސަރުކާރުން ވަނީ އުތުރު ކޮރެއާއިން އދ.ގެ ސަލާމަތީ މަޖުލީހުގެ ގަރާރު ތަކަށް ފުރިހަމައަށް ބޯލަނބައި، ކޮރެއާ ސަރަހައްދުގެ ހަމަނުޖެހުން ނަގާލާފަދަ ކަންތައްތައް ކުރުން ހުއްޓާލައި، އަވަށްޓެރި ގައުމުތަކާ ސުލްހަވެ އަދި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އުތުރު ކޮރެއާގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ވަނީ، އެގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ގަރާރެއް ފާސްކޮށްފައެވެ.

އުތުރުކޮރެއާއާ ދެކޮޅަށް ސަލާމަތީ މަޖުލީހުން ފާސްކުރި ގަރާރުގައި މަނާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބޯޓުދެއްޔާއި އަޔަން އަދި އަޔަން އޯރ އެެކްސްޕޯޓުކުރުން ހިމެނެއެވެ.

ބޭރު ގައުމުތަކުގައި މަސައްކަތްކުރާ އުތުރުކޮރެއާ މީހުންގެ އަދަދު އިތުރު ކުރުމާއި އެގައުމުގެ ކުންފުނިތަކާ އެކު އެހެން ގައުމުތަކުގެ ކުންފުނިތަކުން ޖޮއިންޓް ވެންޗާ އުފެއްދުން ވެސް އެގަރާރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް