ޔާމީންގެ މަރާ ގުޅިގެން ފުލުހުން ހޯދި ކުރިއެރުންތަކަށް އެމްޑީޕީން މަރުހަބާ ކިޔައިފި

އެމްްޑީޕީއިން މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން އެޕާޓީގެ ނައިބް ރައީސް ޝިފާޒް --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ ގާތިލުން ހޯދައި، ފުލުހުން ހޯދި ކުރިއެރުންތަކަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތައުރީފުކޮށް މަރުހަބާ ކިޔައިފި އެވެ.

ޔާމީން ރަޝީދަށް ފާރަލައި އޭނާ މަރާލަން ހަމަލާދިން މީހުންގެ ވަނަވަރާއި، އެ ޖަރީމާއާ ހިންގި ގޮތާއި އެ މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ފޮޓޯތަކާއި ވީޑިއޯ ފުލުހުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ވަރަށް ބޮޑު ކާމިޔާބީއެއް އެއީ، އެ ބޭފުޅުން ހޯއްދެވި. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ފުލުހުން ރަނގަޅަށް މަސަތްކަތެއްކޮށްފިއްޔާ ނުހޯދޭނެ ހަމައެއްވެސް ކަމެއް ނޯއްނާނެ. އެއްވެސް ކަމެއް ނޯންނާނެ، އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު

އެ މަރާ ގުޅިގެން ފުލުހުން ހޯދި ކުރިއެރުންތަކަށް ތައުރީފު ކުރައްވައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަލަށް ތައާރަފުކުރާ ޓެކްނޮލަޖީތައް ދާދި އަވަހަށް ރާއްޖޭގެ ފުލުސް އޮފީހުން ތައާރަފުކުރާ ކަމަށާއި އަދި ފުލުހުން ތަމްރީން ކުރުމުގައި ވެސް ބުރަކަށް މަސަތްކަތްކުރާ ބައެއް ކަމަށެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އެއީ [ޔާމީންގެ ގާތިލުން ހޯދުން] އެ ބޭފުޅުން ހޯއްދެވި. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ފުލުހުން ރަނގަޅަށް މަސަތްކަތެއްކޮށްފިއްޔާ ނުހޯދޭނެ ހަމައެއްވެސް ކަމެއް ނޯއްނާނެ. އެއްވެސް ކަމެއް ނޯންނާނެ،" ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިއްބެވި ގިނަ ފުލުހުންނަކީ ޕްރޮފެޝަނަލް ކަމާއެކު މަސަތްކަތްކުރަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ސިޔާސީ ބޭފުޅުން އެ މުއައްސަސާ "ހަރާބު"ކޮށްލަށް އުޅޭ ކަމަށް ތުހުމަތު ޝިފާޒު ވާހަކަފުޅު ދެއްކެވި އެވެ.

"އެބޭފުޅުން އެބަޖެހޭ ރާއްޖޭގެ މަގުތައް އަމާން ކުރަން. ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އެކަނި ފޯކަސް ކުރީމަ ލިބޭ ގެއްލުން ބޮޑު މި ރާއްޖޭގައި،" ޝިފާޒް ވިދާޅުވިއެވެ.

comment ކޮމެންޓް