އެޓަމިކް ބޮމުގެ މޭސްތިރިޔާ، ރޮބާޓް އޯޕަންހެއިމާ އެނގޭތަ؟

އެޓަމިކް ބޮމުގެ މޭސްތިރިޔާ: ރޮބާޓް އޯޕަންހެއިމާ --

މިއަދަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ނަގަސާކީއަށް އެމެރިކާއިން އެޓަމިކް ބޮން ވައްޓާލިތާ 72 އަހަރު ފުރޭ ދުވަހެވެ. އެ ބޮން ވައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭ ޖަޕާނުގެ ބޮޑު ޝަހަރު އޮތީ ފުނޑުފުނޑުވެފައެވެ. އެއީ އިންސާނުނުގެ ތާރީހުގައިވެސް ނުދެކޭ ފަދަ ކަޅު ދުވަހެކެވެ.

އެހާދިސާއަށް ފަހު މިއަދާ ހަމައަށްވެސް އެމެރިކާއިން ދަނީ އެއަމަލުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އެ ބޮން ވައްޓާނުލިނަމަ އެއަށްވުރެ މާގިނަ ބަޔަކު ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވާނެ ކަމަށް އެމެރިކާއިން މިހާތަނަށްވެސް އައީ ބުނަމުންނެވެ. އެދުވަހު އެބޮން ވާއްޓާލި ބޯޓްގެ ޕައިލެޓް ވަނީ މީގެ ދެ އަހަރު ކުރިން މަރުވެފައެވެ. އެމެރިކާގެ ސަރުކާރެކޭ އެއްގޮތަށް، އެ ޕައިލެޓް މަރު އައިސް ޖެހުނު އިރުވެސް އެއަމަލު ދިފާއު ކުރިއެވެ. ނަމަވެސް ގިނަބަޔަކަށް މިހާތަނަށް އައި އިރުވެސް އެޓަމިކް ބޮން އުފެއްދުމުގެ މޭސްތިރިޔަކަށް އުޅުނު ފިޒިސިސްޓް ރޮބާޓް އޯޕަން ހެއިމަރ އާ ބެހޭ މާބޮޑު މައުލޫމާތެއް ނޭނގެއެވެ.

ފަނާކުރަނިވި އެބޮން ވައްޓާލި ދުވަހު ރޮބާޓަށް ކަމެކޭހެން ވެސް ހީނުވިއެވެ. އެތައް ހާސް ބަޔަކު އެހާ އަނިޔާވެރިގޮތަކަށް މަރުވިއިރު އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް އޭނާގެ ކިބައިން ނުފެނުނެވެ. އެ ބޮން ކާމިޔާބު ކަމާއެކު ޖަޕާނަށް އެޅުމުން އެކަމުގެ އުފާފާޅުކުރުމުގެ ގޮތުން ލޮސް އަލަމޮސްގައި ބޮޑު ހަފްލާއެއް ބޭއްވިއެވެ. އޯޕަންހައިމަރ ހަމައެކަނި ދެރަވީ ޖަރުމަނާ ދެކޮޅަށް ބޭނުންކުރުމަށްޓަކައި އެބޮން ކުރީބައިގައި ތައްޔާރު ނުކުރެވުނީމައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި އެޓަމިކް ބޮން އެޅުމުގެ ސަބަބުން ނަގަސާކީން 66000 މީހުން މަރުވެ އިތުރު 69000 މީހުން ޒަހަމްވި

ނަމަވެސް އެބޮން ވައްޓާލިތާ ގިނަ މަސަތްކެއް ނުވެ އޯޕަންހެއިމަރގެ ވިސްނުން ބަދަލުވިއެވެ.

“މިހާރު އަހަންނަށް އިހްސާސްވޭ އަހަންނަކީ މުޖިރިމެކޭ،" ވައިޓްހައުސް ގައި އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓްރޫމެން އާ ބައްދަލުވުމަށް ފަހު އޯޕެންހައިމާ ބުނެއެވެ.

އެހިސާބުން ނިމުނީކީ ނޫނެވެ. ދުނިޔެއަށް ހަމަޖެހުން ގާއިމުކުރުމަށްވުރެ ނިއުކުލިއާ ހަތިޔާރުގެ ރޭހަކަށް ދުނިޔެ ގެންދަންއުޅޭކަމަށް ބުނެ އޯޕަންހައިމާ އެމެރިކާގެ ރައީސަށް ބަހުގެ ހަމަލާތައް ވެސް ދޭން ފެށިއެވެ.

އޭގެ ވިހި އަހަރު ފަހުން އޯޕަންހައިމާ ދިން އިންޓަވިއުއެއްގައި ވަނީ އޭނައަށް ހެދުނު ގޯހާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

" އަހަރެމެންނަށް އެނގޭ ދުނިޔެ ދެން ކުރިން އޮތް ގޮތަށް ނޯންނާނެކަން. އެއްބަޔަކު ހީހެދި. އަނެއް ބަޔަކު ރުއި. ގިނަބަޔަކު ތިބީ ހަމަހިމޭން ކަމާއެކު."

އޭނާ ބުނީ، ނުރައްކާތެރި ހަތިޔާރު އުފެއްދުމަށް ފަހުމިހާރު ހިތަށް ވެރިވަނީ ހިންދޫންގެ ގަބޫލުކުރުންތަކުގެ ތެރޭގައި ހިމެނޭ، ވިޝްނޫ ( ހިންދޫންގެ ކަލާނގެއެއް) އާ ގުޅޭ ހާދިސާއެއްގެ މަތީންކަމަށެވެ.

"ވިޝްނޫ މަސައްކަތް ކުރަމުން ދިޔައީ އަރުޖުނާއަށް ވިސްނައިދެވޭތޯ. އަދި އެއަށްފަހު ވިޝްނޫގެ ސިފަ ބަދަލު ވުމަށް ފަހު ބުނޭ. އަހަރެންނަކީ އެންމެ މަތިވެރި ފަރާތް ކަމަށް. އަހަންނަށް މުޅި މި ކާއިނާތު އެކީއެކައްޗަކަށް ހަލާކު ކޮށްލުމުގެ ބާރު އެބަ އޮތްކަމަށް،" އޯޕަންހައިމާ ބުންޏެވެ.

"އަހަންނަށް ހީވަނީ އަހަރެމެން އެއްމެންވެސް ވިސްނީ އެފަދަ ނަޒަރަކުންހެން އެދުވަހު."

އެހިސާބުން އޯޕަންހައިމާގެ ތަރި އޮއްސިގެން ދިޔައީއެވެ. ސޯވިއަޓް އިއްތިހާދަށް ސަޕޯޓްކުރާ ކަމަށް ތުހުމަތުކޮށް އޭނާ މުޅިން ބާކީ ކޮށްލިއެވެ. ރައީސް ޓްރޫމަން އޯޕަންހައިމާ ސިފަކުރެއްވީ ކުޑަކުދިން ރޯހެން ރޯ ސައިންޓިސްޓެއްގެ ގޮތުގައެވެ.

ރޯބާޓް އޯޕަންހައިމާ އަކީ ކާކު؟

އޯޕަންހައިމާ އުފަންވީ 1904 ވަނައަހަރު ޔަހޫދީ މުއްސަނދި އާއިލާ އަކަށެވެ. ޢޭނާގެ ތޫނު ފިލިކަން އެންމެ ކުޑަކުޑަ އިރުވެސް އޮތީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. އެންމެ ބާރަ އަހަރުގައިވެސް މިނަރަލޮޖިކަލް ކްލަބުގައި އޭނާ ދިޔާއީ ތަގްރީރު ދެމުންނެވެ. ތައުލީމު ހާސިލްކުރީ އެމެރިކާގެ އެންމެ މަޝްހޫރު ހާވާޑް ޔުނިނަސިޓީންނެވެ.

ހާވާޑްގައި ކިޔަވަމުން ދިޔައިރުވެސް އޯޕަންހެއިމާ އުޅުނީ ޓީޗަރުންނަށް ވުރެ ކުރީގައެވެ. އަދި ގިނަފަހަރު ކްލާހުގައި ކިޔަވައިދެނީ ނުބައިކޮށް ކަމަށް ބުނެ ކްލާހުގެ ކިޔެވުން މެދު ކަނޑާލަން ޖެހޭ ފަހަރުވެސް ވަރަށް ގިނައިން އާދެއެވެ. އޭގެ އިތުރުން ޢެނާ އަށް ގްރީކް، ލެޓިން އަދި ސާންސްކްރިޓް ފަދަ އެންމެ އުނދަގޫ ބަސްތައް ވެސް އެނގެއެވެ.

"މެންހަޓަން ޕޮރެޖެކްޓް"ގެ ނަމުގައި 1941 ވަނަ އަހަރު ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ފެށިއިރު އެމެރިކާގެ ނެޝެނަލް ޑިފެންސް ރިސާޗް ކޮމެޓީގެ ޗެއާމަނުގެ މަގާމުގައި ހުރީ، އޯފެންހައިމާ ހާވާޑްގައި ކިޔެވިއިރު ހުރި ލެކްޗަރާއެއް ކަމަށްވާ ޖޭމްސް ކޮނަންޓް އެވެ. ޖޭމްސްއަށް އޕެންހައިމާގެ ހުރި ކުޅަދާނަކަށް ވަރަށް ރަނގަޅަށް އެނގުމާއެކު އޯޕެންހައިމާ އެޓަމިކް ބޮން އުފައްދާ ޕްރޮޖެކްޓަށް ގެނައެވެ. މާގިނަ ދުވަސަތަކެއް ނުވެ އޯޕެންހައިމާއަށް އެ ޕްރެޖެކްޓްގެ އެންމެ އިސް މީހާގެ މަގާމު ހަމަޖެހިގެން ދިޔައެވެ.

ރޮބާޓް އޯޕަންހައިމަރ

އަމިއްލަ ދިރިއުޅުމުގައި ވެސް އޯޕަންހައިމާ އެހާމެ ލާއިންސާނީ އަދި އަނިޔާވެރި

ނުރައްކާތެރި ފަނާކުރަނެވި ހަތިޔާރު އުފެއްދުމުގައި އުޅުނު އޯޕަންހައިމާގެ އަމިއްލަ ދިރި އުޅުން ވެސް ހަމަ އެފަދައެވެ. އަނިޔާވެރިކަން އިސްކުރުމުގައިވެސް އެެއްވެސް ޖެހިލުމެއް ނެތްކަހަލައެވެ. އަދި ހަމްދަރުދީ އަކީ އެނާގެ ގައިގައި ނެތްފަދަ އެއްޗެކެވެ.

އޯޕަންހައިމާގެ އެއްދުވަސްވަރެއްގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ފްރޭންސިސް ފާގަސަންގެ ސިޓީތަކުގައި ވަނީ އޯޕަންހައިމާގެ ދިރިއުޅުމުގައި ހިިނގައިދިޔަ ގަބޫލު ކުރަންވެސް ދަތި ހާދިސާތައް ވަރަށް ރީއްޗަށް ކިޔައިދީފައެވެ.

އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ހާދިސާ އެއްގައި އޯޕަންހައިމާއަށް ރޭލުން ދިމާވި އަންހެނަކާ ބެހެން މަަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެވެސް އެއްޗެއް ވިސްނިގެން އެންމެފަހުން އެ އަންހެން މިހާ ދޫކޮށްލައެވެ. ނަމަވެސް ފަހުން ރޭލްވޭ ސްޓޭޝަނުގެ މަތީ ބުރީގައި ހުރެ ހަމަ އެ އަންހެންމީގެ ބޮލަށް ފޮށި ވައްޓައިލައިގެން އޭނާ މަރާލަން މަސައްކަތް ކުރެއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.

ހަމަ އެފަދަ އެހެން ހާދިސާއެއްގައި، އޯޕަންހައިމާ ޔުނިވަސިޓީގައި ކިޔެވިއިރު އޭނާގެ ޕްރޮފެސަރެއް މަރާލުމުގެ ނިޔަތުގައި ވިހަލައިފައިވާ އާފަލެއް ޕްރޮފެސަރުގެ މޭޒު މަތީގައި ބާއްވައެވެ. ނަސީބު ރަނގަޅުކަމުން ޕްރޮފެސަރު އެ އާފަލު ނުއެއް ކައެވެ.

އޭގެ އިތުރުން އޯޕަންހައިމާގެ އެންމެ ގާތް އެކުވެރިޔާ ފާގަސަންވެސް އެއްވެސް ސަބަބެއް ނެތި ކަރުގައި ހިފައިގެން މަރާލަން މަސައްކަތްކޮށްފައިވެއެވެ.

އޯޕަންހައިމާގެ ދަރިންނާ ދޭތެރޭވެސް އޭނާ މާބޮޑު ކުލުނެއް ނުބަހައްޓައެވެ. އޯޕަންހައިމާ ވަނީ އޭނާގެ ރައްޓެއްސެއް ކައިރީގައި އޭނާގެ ދަރިފުޅު އެޑޮޕްޓު ކުރުމަށްވެސް އެދިފައެވެ. އޯޕަންހައިމާ ބުނިގޮތުގައި ދަރިފުޅު ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ.

އޯޕަންހައިމާ އޭނާގެ ދެކުދިންނާއެކު

އޯޕަންހައިމާގެ ހަޔާތް ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު

އެމެރިކާއިން ޖަޕާނާ ދެކޮޅަށް ނިއުކުލިއާ ހަތިޔާރު ބޭނުންކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަޝިއާއިން ވެސް ނިއުކުލިއާ ހަތިޔާރު އުފެއްދިއެވެ. ފަހުން އެ މައްސަލަ ތަހުގީގު ކުރުމުން އެނގުނު ގޮތުގައި ރަޝިއާގެ ޖާސުސުން ތަކެއް އެމެރިކާގެ ނިއުކުލިއާ ޓެކްނޮލިޖީ ވަގަށް ނެގީއެވެ. އެމައްސަލައިގައި އޯޕަންހައިމާއަށް ތުހުމަތު ވަރަށް ބޮޑަށް ކުރެވުނެވެ. އެއީ އޭނާގެ ބޭބެއަކީ ކޮމިއުނިސްޓަކަށް ވާތީއެވެ.

އޯޕަންހައިމާގެ ފަހު ދުވަސްތައް ހޭދަކުރީ ނިއުލިއާ ހަތިޔާރުން ދުނިޔެ ސަލާމަތް ކުރުމަށް ވަކާލާތު ކުރުމުގައެވެ.

comment ކޮމެންޓް