Sun Online
މުލީގައި އަދަބީ އީދު ފާހަގަކުރުމަށް ތައްޔާރު ވަނީ، އެރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދީފި --- ފޮޓޯ/ އާދަމް ނައީމް

މިއީ ބޮޑު އުފަލެއް، އެއްބައިވަންތަ ގުޅުމުން މި ދައްކަނީ އެ ޒަމާން!

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ރަށްރަށުގައި އީދު ފާހަގަ ކުރަނިކޮށް ވެސް ފެނުނެވެ. މީހުން އެއްކޮށް ކުޅިވަރު ކުޅެ މަޖާ ކުރާތަން ވެސް ފެނެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މުނާސަބާތައް ފާހަގަކުރާއިރު ރައްޔިތުން އެއްކޮށް އުޅޭތަން ވެސް މީގެ ކުރިން ފެނިފައި އެބަ ހުއްޓެވެ. މިހާރަކަށް އައިސް އެފަދަ އެކުވެރި ކަމެއް ނުފެންނާނޭ މީހުން ބުނެ އުޅެތެވެ. ނަމަވެސް އެއީ ކުށްހީއެވެ.

މި ފެށުނީ މ. މުލީ ރައްޔިތުންނަށް ބޮޑު ހަފްތާ އެވެ. ގައުމީ ފެންވަރުގައި ފާހަގަކުރާ "އަދަބީ އީދު" ފާހަގަކުރުމަށް މުލި ޒީނަތްތެރި ކުރަމުން މިހާރު އެބަދެއެވެ. އެ ރަށު އާދަމް ނައީމް ބުނި ގޮތުން މިހާރު އަދަބީ އީދަށް ތައްޔާރުކޮށްފައިވާ ސަރަހައްދު ހީވަނީ "ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ހިތްގައިމު ރަށެއް" ހެނެވެ.

މުލީގައި އަދަބީ އީދު ފާހަގަކުރުމަށް ތައްޔާރު ވަނީ، އެރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދީފި --- ފޮޓޯ/ އާދަމް ނައީމް

އިހުގެ ގެތަކާއި އޮޑި ހަރުގެތަކާއި ރަށަަށް އަރާފައިބަން ހަދާފައި ހުންނަ ފާލަމާއި ހިފާ ގެންގުޅޭ ތަކެތި ވެސް ވަނީ އެ ޒަމާނަށް ފައްތާފައެވެ.

އެ ހުރިހާ ކަމެއް ކުރުމުގެ ފަހަތުގައި ތިބީ މުލީގެ ރައްޔިތުންނެވެ. އާދަމް ނައީމް ބުނީ ހުރިހާ ކަމެއްގައި މުލީގެ ޒުވާނުންނާއި މެދު އުމުރުގެ މީހުން އަދި ދުވަސްވީ މީހުން ވެސް އެއްކޮށް ގުޅިގެން މަސައްކަތް ކުރަމުންދާށެވެ. ވަކި ކަމެއް ކުރަންވީމަ ނުކޮށް އަންހެނުން ވެސް ދޫކޮށް ނުލާ ކަމަށް ނައީމް ބުންޏެވެ.

މުލީގައި އަދަބީ އީދު ފާހަގަކުރުމަށް ތައްޔާރު ވަނީ، އެރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދީފި --- ފޮޓޯ/ އާދަމް ނައީމް

"ބޮޑެތި ރުށް އެއްޗިހި ކޮނޑު ޖަހާލައިގެން އަންހެން ގުރޫޕު ވެސް އެ ދަނީ. ހުރިހާ ކަމެއްގައި ރަށުގެ ހުރިހާ ރައްޔިތުން އެބަ ޝާމިލުވޭ،" ނައީމް ބުންޏެވެ.

އެއީ ތެދެކެވެ. މުލީ ރައްޔިތުންގެ އެކުވެރިކަން ފޮޓޯތަކުން ވެސް އެބަ ފެނެ އެވެެ. ގުރޫޕުތައް އެއްކޮށް ރަށުތެރެ ޒީނަތްތެރި ކުރުމުގައި ހަރަކާތްތެރި ވާއިރު، އެންމެން ކައްކައިގެން ކަނީ ވެސް އެއްތަނެއްގައެވެ. މަސައްކަތުގައި ވެސް އެއްކޮށެވެ. އެއީ ހަމަ މިސާލެކެވެ. ނައީމް ބުނި ގޮތުން ރޭގަނޑާއި ދުވާލު ވެސް މީހުން އުޅެނީ އެ މަސައްކަތުގައެވެ. އެކުގައި މަސައްކަތް ކުރިކަން ކޮށްފައި ހުރި މަސައްކަތުން ވެސް އެބަ ފެނެ އެވެ. އެހާމެ ހިތްގައިމެވެ.

މުލީގައި އަދަބީ އީދު ފާހަގަކުރުމަށް ތައްޔާރު ވަނީ، އެރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދީފި --- ފޮޓޯ/ އާދަމް ނައީމް

ނައީމް ކިޔައިދިން ގޮތުން މިއީ ހަމަ އެކަނި މިއަދު މުލީ ރައްޔިތުންގެ ކިބައިން ފެންނަ މައްޒަރެއް ނޫނެވެ. މީގެ ކުރިން ވެސް އެކިއެކި މުނާސަބާތަކަށް ރަށުތެރެ ޒީނަތްތެރި ކުރުމާއި ގައުމީ ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރާ ކޮންމެ މުނާސަބަތެއްގައި މުލީ ރައްޔިތުންގެ ކިބައިން އެ މިސާލު ފެނެއެވެ.

"މި ރަށުގައި ގައުމީ އަދި ރަށު ފެންވަރުގައި ވެސް މަސައްކަތް ކުރާނީ ރައްޔިތުން އެއްކޮށް، ވަރަށް ބަދަހި ގުޅުމެއް އޮންނަނީ،" ނައީމް ބުންޏެވެ.

މިއީ ކިހާ ރީތި މިސާލެއް ހެއްޔެވެ؟ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މިފަދަ އެކުވެރިކަމާއެކީ އެކަކު އަނެކަކު ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ.

މުލީގައި އަދަބީ އީދު ފާހަގަކުރުމަށް ތައްޔާރު ވަނީ، އެރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދީފި --- ފޮޓޯ/ އާދަމް ނައީމް

އެ ރަށު ރައްޔިތުން އެ ދައްކުވައިދިން އެ ޒަމާން ވެސް ކިހާ ހިތްގައިމު ހެޔެވެ؟ އަދަބީ އީދަށް ރަށަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔަނީ އިހު ޒަމާނުގެ ފާލަމަކުން އަތިރިމަތިންނެވެ. އެ ވެސް ކުރުފަލީގެ ހޫނު މަރުހަބާއިންނެވެ.

×
DB released.