މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މީރާއިން ކުރިޔަށްގެންދާ ލޭހަދިޔާ ކުރުމުގެ ހަރަކާތް

މީރާގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތަކީ މީރާގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށްގެންދާ "ޓެކްސް ވީކް"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށާއި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށްކަމަށް މީރާއިން ހާމަކުރެއެވެ. އަދި މި ހަރަކާތް ކުރިޔަށްދާނީ މީރާގެ އީކިޑް ބިލްޑިންގައި ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް މީރާއިން އެކިއެކި މުއައްސަސާތަކަށާއި އާންމުންނަށް ދައުވަތު އަރުވައެވެ.

comment ކޮމެންޓް