އެންމެ ފަހުން ކާރުވެސް ވެންޑިން މެޝިންތަކަށް!

ކާރު ވެންޑިން މެޝިންގެ މޮޑެލެއް

ވެންޑިން މެޝިނަކީ ލުއި ބުއިންތަކާއި ކާ އެއްޗެހި ފަސޭހައިން ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި ބޭނުން ކުރާ މެޝިނެކެވެ. ނަމަވެސް ޗައިނާގެ ކުންފުންޏެއް ކަމަށްވާ އަލީބާބާއިން މިހާރު ތައްޔާރު ވަމުންދަނީ ވެންޑިން މެޝިން މުޅިން އާ ހަރުފަތަކަށް ގެންދިޔުމަށެވެ.

އަލީބާބާ އިން މިހާރު ތައްޔާރުވަމުންދަނީ އަގޮބޮޑެތި ކާރުވެސް ވެންޑިން މެޝިން ބޭނުންކޮށްގެން ވިއްކުމަށް ތައްޔާރު ވަމުންނެވެ. އަލީ ބާބާއިން ބުނިގޮތުގައި އަލަށް ތައާރަފް ކުރާ ވެންޑިން މެޝިނުން ކާރެއް ގަނެލުމަކީ ކޯކް ފުޅިއެއް ގަތުންހާ ފަސޭހަ ކަމަކަށް ވެގެންދާއެވެ.

އެ ވެންޑިން މެޝިނުން ކާރު ގަންނަން ބޭނުންނަމަ އެގަންނަން ބޭނުންވާ ފަރާތްތަކުގެ ސީސޭމް ކްރެޑިޓް ސްކޯ 750 އަށް ވުރެ މަތިވާން ޖެހެއެވެ.

ސީސޭމް ކްރެޑިޓް ސްކޯ އަކީ އަލީބާބާ އަދި ޗައިނާގެ ސަރުކާރާ ގުޅިގެން އުފައްދައިފައިވާ ސޯޝަލް ކްރެޑިޓް ސްކޯރިން ސިސްޓަމެކެވެ. އެ ޝަރުތު ހަމަވާ ފަރާތްތަކުން ޖެހޭނީ ކާރު ވެންޑިން މެޝިނެއް ހުރި ސަރަހައްދަކަށް ގޮސް، ބޭނުންވާ ކާރުގެ މޮޑެލް ސިލެކްޓް ކުރުމަށް ފަހު އެކާރުގެ އަގުގެ ދިހަ ޕަސެންޓް ދައްކާލާށެވެ. އެއަށް ފަހު ކާރަށް އަރައިގެން ދާންވީއެވެ. އަދި ކާރުގެ ޖުމްލަ އަގު ހަމަވަންދެން މަހުން މަހަށް ފައިސާ ދައްކަން ޖެހޭނެއެވެ.

comment ކޮމެންޓް