އަންނަ ހަފްތާގައި މާލެއިން ޔޫކޭ ވިސާ ފޯމް ބަލައި ގަންނާނެ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް -- ސަން ފައިލް ފޮޓޯ

އިނގިރޭސި ވިލާތަށް ދާން ބޭނުންވާ ދިވެހިންނަށް އެ ގައުމަށް ދިއުމުގެ ވިސާ ފޯމް އަންނަ ހަފްތާ ތެރޭގައި ބަލައި ގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ ބްރިޓިޝް އެމްބަސީއާ ގުޅިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އާ ހަމައަށް ވިސާ އެޕްލިކޭޝަން ސެންޓަރެއް ފޮރިން މިނިސްޓްރީގައި ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތަށް ދިއުމުގެ ވިސާ އެޕްލިކޭޝަން ވަގުތީ ގޮތުން ރޭއްޖޭން ދެމުން ގެންދަނީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އިނގިރޭސި ވިލާތަށް ދާ ދިވެހިންނަށާއި ހާއްސަކޮށް މަތީ ތައުލީމު ހޯދަން ދާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަ ތަކެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.

މީގެ ކުރިން ވެސް މާލެއިން ޔޫކޭ ވިސާ ފޯމް ބަލައިގަންނަ ހިދުމަތްތަކެއް ދީފައިވެއެވެ.

އިނގިރޭސި ވިލާތަށް ދިއުމަށް ދިވެހިންނަށް މިހާރު ވެސް ހަ މަސް ދުވަހުގެ އޮންއެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް އެެއަށްވުރެ ދިގު މުއްދަތަކަށް އެ ގައުމަށްދާ ނަމަ ކަމާ ގުޅޭ ވިސާ ޖަހަންޖެހޭނެ އެވެ. އެ ވިސާ ހޯދަން ޖެހެނީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އިނގިރޭސި އެމްބަސީ މެދުވެރިކޮށެވެ.

comment ކޮމެންޓް