ސަލާމަތީ އާލާތްތައް ބަލަހައްޓައިދިނުމަށް ލިންކްސާވް އިން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ލިންކްސާވް ގެ ލޯގޯ --- ފޮޓޯ: ލިންކްސާވް

އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ސީސީޓީވީ ކެމެރާ، ޑޯލޮކް ސިސްޓަމް، އެޓެންޑެންސް ސިސްޓަމް، ވައިފައި އަދި ނެޓްވޯކް ސިސްޓަމް ފަދަ ތަކެތި ގަވައިދުން ބަލަހައްޓައި ދިނުމަށް ލިންކްސާވް އިން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ކުރިން އެކުންފުނިން ގެދޮރު އިމާރާތްތަކާއި އޮފީސް ފަދަ ތަންތަނުގައި މިފަދައިން ބޭނުންކުރެވޭ އާލާތްތަކުގެ ފެންވަރު މޮނިޓާކޮށް ބަލަހައްޓައިދީ އަދި މަރާމާތުކޮށްދިނުމުގެ ކަންކަން ހަމަޖެހިފައި އޮތީ އެފަދަ ފަރާތަކުގެ ވޮރަންޓީ މުއްދަތު ހަމަވުމުން އެފަރާތްތަކުން ގުޅުމުން އެފަދަ އިމާރާތްތަކަށް ގޮސްދީގެންނެވެ.

އަދި މީގެ އިތުރުން މިފަދަ މަސައްކަތްތަކުގެ ފައިސާ ވަގުތުން ކަސްޓަމަރުން ދައްކަން ޖެހެ އެވެ. ނަމަވެސް ލިންކްސާވް އިން އަލަށް ތައާރަފްކުރި ޕެކޭޖްތަކުގެ ޒަރީއާ އިން މަހު ފީއެއް ދައްކައިގެން ކަސްޓަމަރުންގެ އިމާރާތްތަކާއި ގެދޮރުގެ ސަލާމަތީ އާލާތްތައް ގަވައިދުން ބެލެހެއްޓުމުގެ ޚިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

ތަފާތު ތިން ޕެކޭޖެއް ހިމެނޭ މި ޚިދުމަތުން އެކު ފެންވަރުގެ ކުންފުނިތަކާއި އާންމު ފަރާތްތަކަށް ޚިދުމަތް ލިބިގަނެވޭނެ އެވެ. އެގޮތުން ލިންކްސާވް އިން ތައާރަފް ކުރި ތިން ޕެކޭޖަކީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް ޕެކޭޖްތަކެވެ.

މިގޮތުން ބްރޮންޒް ޕެކޭޖަކީ އިމާރާތްތައް ކުއްޔަށްދީގެން އުޅޭ ފަރާތްތަކާ އަމިއްލަ ފަރުދުން އަދި ކަންމަތީ ފިހާރަތަކާއި ކުދި ވިޔަފާރިތަކަށް ހާއްސަކުރެވިފައިވާ ޕެކޭޖެކެވެ.

މިޚިދުމަތުގެ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ލިންކްސާވްގެ ނަމްބަރު 3344555 ކަށް ގުޅާލައްވައިގެން މައުލޫމާތު ސާފުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް