"ދެސްޕަސީތޯ" އެންމެ ފަހުން ހުރިހާ ރެކޯޑެއް މުގުރާލައިފި

ދެސްޕަސީތޯ ލަވައިގައި ހިމެނޭ މަންޒަރުތަކެއް. މިލަވައިގައި އެކްޓް ކޮށްފައިވަނީ ކުޜީގެ މިސްޔުނިވާސް ޒުލޭހާ ރިވާރިއާ

މިއަހަރު ފެށުނުތަނާ ސްޕެނިޝް ބަހުން ނިކުތް "ދެސްޕަސީތޯ" އަށް ވަނީ މިއިން ޒަމާނަކު ވެސް ނުލިބޭ ފަދަ މަޝްހޫރު ކަމެއް ލިބިފަ އެވެ. ދުނިޔޭގެ ހުރިހާ ބިތެއްގައި ވެސް އެލަވަ ހުންނަނީ އަބަދު ވެސް އިވިއިވި އެވެ. ސްޕެނިޝް ބަހުރުވައިން އެންމެ ބަހެއް ނޭނގުނު ނަމަވެސް ހުދު މިދިވެހި ރާއްޖޭގައި ވެސް އެލަވަ މިވަނިީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ.

ލުއިސް ފޮންސީ އަދި ޑެޑީ ޔަންކީ ކިޔައިފައިވާ އެލަވަ އެންމެ ފަހުން މިވަނީ ހުރިހާ ރެކޯޑެއް މުގުރައި ލަައިފަ އެވެ. އެގޮތުން މުޅި ޔޫޓިއުބުގައި ވެސް އެލަވަ މިހާރު ހިމެނިފައި ފަނީ އެންމެ ގިނަ މީހުން ބެލި ލަވައިގެ ގޮތުގަ އެވެ. އިއްޔެގެ ނިޔަލަށް "ދެސްޕަސީތޯ" ބެލި މީހުންގެ އަދަދު މިވަނީ ތިން ބިލިއަނަށް އަރައިފަ އެވެ. އޭގެ އިތުރުން އެންމެ އަވަހަށް ދެބިލިއަން އަދި ތިން ބިލިއަން ވިއުޒް ލިބުނު ވީޑިއޯގެ ރެކޯޑު ވެސް ލިބިފައިވަނީ މިލަވަ އަށެވެ.

ދާދި ފަހަކާ ޖެހެންދެން ޔޫޓިއުބުގައި އެންމެ ގިނަމީހުން ބެލި ލަވައިގެ ގޮތުގައި އޮތީ ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސައިގެ "ގަންނަމް ސްޓައިލް" އެވެ. ނަމަވެސް އެރިކޯޑު ވަނީ މިދިޔަ މަހު ވިޒް ކަލީފާ އަދި ޗާލީ ޕުތްގެ "ސީ ޔޫ އެގެއިން " އިން މުގުރާލައިފަ އެވެ. ދެސްޕަސީތޯއިން "ސީ ޔޫ އެގެއިން"ގެ ރެކޯޑު މުގުރައި ލައިފައި ވަނީ ރެ އެވެ.

"ދެސްޕަސީތޯގެ ބޮޑު ކާމިޔާބީއާ އެކު އަހަރެން ޔޫޓިއުބަށް ޝުކުރު އަދާކުރަން . އަހަރެންނަށް މިހާރު އިނގިއްޖެ ޔޫޓިއުބަކީ ކިހާ މުހިންމު ޕްލެޓްފޯމެއްކަން. މިއުޒިކް އިންޑަސްޓްރީ މިހާރު ބަދަލުވެއްޖެ. ގަވައިދުތައް ވެސް ބަަދަލުވެއްޖެ. ޔޫޓިއުބްގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް މިހާރު. އަދި ރެކޯޑް މުގުރައިލުމަކީ ވަރަށް ބޮޑު ޝަރަފެއް"، ޔޫޓިއުބުގައި ދެސްޕަސީތޯ އިން ރެކޯޑް މުގުރާލުމުން އެކަން ފާހަނަކުރުމުގެ ގޮތުން ޑެޑީ ޔަންކީ އޭނާގެ އިންސްތަގްރާމަށް ލަައިފައިވާ ވީޑިއޯއެއްގައި ބުންޏެވެ.

comment ކޮމެންޓް