ދިއްދޫ މަގުތަކުގައި ތާރު އަޅަން ފަށައިފި

ދިއްދޫ މަގުތަކުގައި އިއްޔެ ތާރު އަޅަނީ --- ފޮޓޯ/ ޓްވިޓާ

ހއ. ދިއްދޫ މަގުތަކުގައި ސަރުކާރުން ތާރު އަޅަން ފަށައިފިއެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށި ދިއްދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސަބް ކޮންޓްރެކްޓަރު ކަމަށްވާ ސްރީލަންކާގެ ސިއެރާ ކުންފުނިންނެވެ.

އެ މަޝްރޫއުގެ ދަށުން ދިއްދޫގެ 15 މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާއިރު، ސަރުކާރުގެ ބަޖެޓުން އެ މަޝްރޫއުއަށް ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.

އަމަލީ މަސައްކަތް ފެށިތާ އަހަރަކާ ގާތްވެފައި ވަނިކޮށް ދިއްދޫގެ މަގުތަކުގައި ތާރު އަޅެމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައި ވަނީ މީގެ ކުރިން އޮތް ކައުންސިލާއެކު އެވެ.

ނަމަވެސް ފަހުން އިންތިހާބުވި ކައުންސިލުން ވަނީ، އެ ޕްރޮޖެކްޓު ޕްލޭން ކުރިއިރު ކައުންސިލާއި ރައްޔިތުންގެ އެއްވެސް ހިޔާލެއް ހޯދާފައި ނުވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

އެކަމަށް ރައްދު ދެއްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ކުރިއަށްދަނީ ރައްޔިތުންގެ މަޝްވަރާ އަދި ރައްޔިތުންގެ ފަރާތުން އެ ރަށެއްގެ ކައުންސިލުން ސޮއިކޮށް ހުއްދަ ދިނުމުން ކަމަށެވެ.

ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް