ހައްޖު އަދާކުރުމަށްފަހު އެންމެ މުހިންމުކަމަކީ ހެޔޮއަމަލުކުރުން މަތީ ދެމިތިބުން: ޚުތުބާ

ގެފުޅު: މިއަދުގެ ހުތުބާގައި އިމާމް ވިދާޅުވީ ފުރިހަމަގޮތުގައި ހައްޖު އަދާކުރުމަށްފަހު ހެޔޮއަޅުކަން ކުރުންމަތީ ދެމިތިބުމަކީ މުހުންމު ކަމެއް ކަމަށް --- ފައިލް ފޮޓޯ: އޭޕީ

ހައްޖުގެ އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އެނެމް މުހިންމު ކަމަކީ ހެޔޮއަމަލުކުރުންމަތީ ދެމިތިބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ޙުތުބާގައި އިމާމް ވިދާޅުވެފައިވަނީ ހައްޖުގެ ރުކުނެއް އަޅައިފި މީހަކަށް އެ އަހަރުގެ ޙައްޖެއް ނުލިބޭނެ ކަމަށާއި ހައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހު ޢަރަފާތުގައި ހުރުން ކަމަށެވެ.

"ހައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް. ޙައްޖުވެރިޔާ އިޙްރާމް ބަންނަ ހިސާބުން ގޮސް ޙައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަށް އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތުކުރަމުން ދެއެވެ. ﷲ ވަނީ މި ހަޔާތާމެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރު ކުރައްވާފައި،" އިމާމް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމަކީ އެހެން އަޅުކަންތަކާ ހިލާފަށް ބުރަ އެކަމުގައި އިންސާނާގެ މުދަލާއި ދަތުރުފަތުރުކުރުން ހިމެނޭ އަޅުކަމެއްކަން ފާހަގަކޮށް އިމާމް ވިދާޅުވީ ކަތްތެރިކަމާއި ޙުޝޫޢަތްތެރިކަން އަދި މަޑުމައިތިރިކަމަކީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ވަރަށް މުހިންމު ސިފަތަކެއް ކަމަށެވެ.

"ފުރިހަމަގޮތުގައި ޙައްޖު އަދާކުރުމަށްފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެއް. އެގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށް މަސަތްކަތްކުރާށެވެ،" ހުތުބާގައި އިމާމް ވިދާޅުވިއެވެ.

comment ކޮމެންޓް