"ނޭދެން ވަކިވާކަށް"ގެ ފަސްޓް-ލުކް ޓްރެއިލާ ރިލީޒް ކޮށްފި

ދިވެހި ފިލްމު "ނޭދެން ވަކިވާކަށް" ގެ ޕޯސްޓަރެއް --- ފޮޓޯ: ފޭސްބުކް

މީ ޕްރޮޑަކްޝަން ޕްރޮޑިއުސްކުރާ ފުރަތަމަ ދިވެހި ފިލްމު "ނޭދެން ވަކިވާކަށް"ގެ ފަސްޓް-ލުކް ޓްރެއިލާ ރިލީޒް ކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ފިލްމުގެ އޮފިޝަލް ފޭސްބުކް ފޭޖްގައި ވަނީ މިފިލްމުގެ ޓްރެއިލާ އާންމުކޮށްފަ އެވެ.

ވާހަކަލިޔުންތެރިޔާ މަހްދީ އަހްމަދު ތައްޔާރުކޮށްދީފައިވާ ސްކްރިޕްޓަކަށް މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓުކުރާ މިފިލްމުގެ އިސް ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޖާދުﷲ އިސްމާއިލް (ޖާދު)، ފާތިމަތު އަޒީޝާގެ އިތުރުން އަހްމަދު ސައީދު ފެނިގެންދާނެ އެވެ.

ބަދުނަސީބު އަންހެނަކަށް އޭނާގެ ހަޔާތުގައި ދިމާވާ ލޯބީގެ އަސަރުގަދަ ހާދިސާއެއް ދައްކުވައިދޭ މިފިލްމު އޮލިމްޕަހުގެ ސްކްރީނަށް އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އައުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް