ބަނާރަސްގެ 'ޕާން' އަށް ޝާހުރުކްގެ ނަމުން ނަން ދީފި

އިންޑިއާގެ ބަނާރަސްގައި ވިއްކާ ބިލެތްގަނޑަކަށް (ޕާން) މުނބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާންގެ ނަން ދީފި އެވެ.

ބަނާރަސްގައި ހުންނަ 'ތަމްބޫލަމް ޕާން ޝޮޕް'ގައި ވިއްކާ ބަނާރަސީ ޕާން އަށް ޝާހުގެ ނަން ދީފައި ވަނީ ޝާހުގެ ކުރިއަށް އޮތް ފިލްމު 'ޖަބް ހެރީ މެޓް ސޭޖަލް' ޕްރޮމޯޓް ކުރުމަށް ބަނާރަސް އަށް ގޮސް އެ ފިހާރައިން 'ޕާން' ކެއުމުންނެވެ.

ޝާހުގެ އިތުރުން ފިލްމުގެ ބަތަލާ އަނުޝްކާ ޝަރްމާ އަދި ޑައިރެކްޓަރު އިމްތިޔާޒް ވެސް ވަނީ އެ ފިހާރަ އަށް ގޮސް މަޝްހޫރު 'ބަނާރަސީ ޕާން' ކައިފަ އެވެ.

އެ ފިހާރަ އަށް ޝާހު ދިއުމުން އެކަމުގެ އުފަލުގައި ފިހާރައިގެ ބޮޑުމީހާ ސަތީޝް ކުމާރު ވަނީ ޝާހު ކޭ 'މީޓާ ޕާން' ގެ ނަން 'ޝާހުރުކް ޚާން' އަށް ބަދަލުކޮށްފަ އެވެ. 'ޝާހުރުކް ޚާން' ޕާން ވިއްކަމުން އަންނަނީ 30 ރުޕީޒް އަށެވެ.

ޝާހުގެ ސަބަބުން އެ ފިހާރަ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.

comment ކޮމެންޓް