މާއުނގޫދޫގައި ސައިކަލެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރުކޮށްލައިފި

ށ. މާއުނގޫދޫގައި ރޭ ރޯކޮށްލި ސައިކަލް --- ފޮޓޯ:

ށ. މާއުނގޫދޫގައި ސައިކަލެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފޮޝަލަކު ވިދާޅުވީ ރޭ ދަންވަރު 3:00 ޖަހާކަންހާއިރު ރޯކޮށްލާފައިވަނީ ހޮންޑާ ވޭވް 110 ބުރޭންޑްގެ ސައިކަލެއްގައި ކަމަށެވެ.

ސައިކަލްގައި ރޯވަފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު އޭތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އޭގައި ސަލާމަތުން އިނީ ހަމައެކަނި ވަށިގަނޑެވެ.

އެ މައްސަލަ ފުލުހުން ތަހްގީގް ކުރަމުން އަންނައިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބްތަކުގައި ސައިކަލާއި ކާރު ފަދަ އާންމުންގެ އަގުބޮޑެތި މުދަލުގައި ރޯކޮށްލުމުގެ މައްސަލަތައް ވަނީ އިތުރުވެފައިކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިދިހަ މަހު އައްޑޫ ސިޓީގައި ވަނީ އެއްރޭ ތިން ކާރެއްގައި އަލިފާން ރޯކޮށްލާފަ އެވެ. އެ މައްސަލާގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު ތިން މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

comment ކޮމެންޓް