އިދިކޮޅު ހަތަރު މެމްބަރަކު ވަކީލުންނާ އެކު ފުލުހަށް ހާޒިރުވާން ފުރުސަތު ދީފި

މެމްބަރު މުހައްމަދު އަސްލަމް ފުލުސް އޮފީހުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރެެ އާއި މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ސަރުކާރާ އިދިކޮޅު ހަތަރު މެމްބަރަކު ވަކީލުންނާއެކު އަނެއްކާވެސް ހާޒިރުވާން ފުރުސަތު ދީފި އެވެ.

ފުލުސް އޮފީހަށް ހާޒިރުވި މެމްބަރުންނަކީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދި އާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މެމްބަރު މުހައްމަދު އަސްލަމް ފުލުސް އޮފީހުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެބޭފުޅުން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.

އެބޭފުޅުންގެ މައްޗަށް ޖިނާއީ ތިން ތުހުމަތެއްގެ ތަހުގީގު ދަނީ ކުރެވެމުންނެވެ. އެއީ ފުލުހުންގެ ސަފު ފަޅާލައި ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ތުހުމަތާއި މާރާމާރީ ހިތްވަރު ދިނުމުގެ ތުހުމަތާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.

އެ މައްސަލާގައި މިހާތަނަށް 10 މެމްބަރަކު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

comment ކޮމެންޓް