'ޑާކް ވެބް'ގައި ގަވައިދާ ހިލާފު ސައިޓުތައް އިތުރުވެއްޖެ

ޑާކް ވެބްގައި ގަވައިދާ ޚިލާފަށް ތަކެތި ވިއްކާ ވެބްސައިޓެއްގެ ސްކްރީންޝޮޓެއް --- ފޮޓޯ: ސައިބަރިންޓް

އިންޓަނެޓުގެ 'ޑާކް ވެބް' (ގަވައިދާ ޚިލާފު ސައިޓްތައް ހިންގާ ޑޮމެއިންތައް)ގެ އެންމެ ވަރުގަދަ ދެސައިޓްކަމުގައިވާ ހަންސާ އަދި އަލްފާބޭ އެމެރިކާގެ އެފްބީއައި އިން ބަންދުކުރުމުން އެފަދަ އިތުރު ސައިޓްތައް ގިނަވެ ގަވައިދާ ޚިލާފު ވިޔަފާރިތައް އިތުރުވެއްޖެ އެވެ.

ހުސްވި މަހުގެ ތެރޭގައި މިދެ ސައިޓު ބަންދުކުރި ފަހުން ޑާކް ވެބްގައި މިފަދަ އެހެން ސައިޓްތައް އިތުރުވާން ފަށާފައިވާ ކަމަށް ބީބީސީ އިން ކުރިޔަށް ގެންދިޔަ ރިސާޗަކުން ވަނީ ދައްކައިފަ އެވެ.

ހަންސާ އަދި އަލްފާބޭ އަކީ އިންޓަނެޓް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ނުރައްކާތެރި ހަތިޔާރު ފަދަ ތަކެތި ވިއްކަމުން ގެންދިޔަ ދެ ފަރާތެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގައި މިފަދަ އިތުރު ވެބްސައިޓުތަކުގެ މިންވަރު ވަނީ 28 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

comment ކޮމެންޓް