ޔޫތު މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖައްސައިފި

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ މަގާމަށް އިއްޔެ އިން ފެށިގެން ހަމަޖައްސަވާފައި ވަނީ ފާތުމަތު މުނާ ކަމަށެވެ.

ފާތުމަތު މުނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާ އިން ތައުލީމު ޙާސިލް ކުރުމުގެ އިތުރުން ލީޑާޝިޕް އެންޑް އޮފީސް މެނޭޖްމަންޓް ރޮނގުން ވެސް ތަޢުލީމް ހާސިލް ކުރައްވަފައިވާ ބޭފުޅެއް ކަމަށް ވެސް ބުންޏެވެ.

ފާތުމަތު މުނާގެ ސަރުކާރުގެ ޚިދުމަތް ފައްޓަވާފައި ވަނީ 2005 ވަނަ އަހަރު ގއ. އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ މަގާމުން ކަމަށާއި އޭގެ ފަހުން އޭނާ ވަނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އެކި މަގާމުތައް ފުރުއްވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކޯޕަރޭޓްއެފައާޒުގެ ޑިރެކްޓަރު ކަމާއި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓަރަކްޗާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް