މަޖިލީހުގެ ފާހާނާއެއްގެ ތެރޭގައި އަލިފާން ރޯވެއްޖެ

ރައްޔިތުން މަޖިލިސް ތެރޭގައި އެމްއެންޑީއެފްގެ ފަޔާ ލޮރީ --- ފޮޓޯ/ ޓްވިޓާ

ރައްޔިތުން މަޖިލީހުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މަޖިލިސް ކުރާގޭގެ ފާހާނާ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިއަދު އިރުއޮއްސި 6:00 އެހާކަންހާއިރު ލިބުނު އެ ރިޕޯޓާ ގުޅިގެން އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

comment ކޮމެންޓް