'ޖުޅްވާ 2'ގެ ޝޫޓިން ނިންމާލައިފި

ވަރުން ދަވާން އާއި ޖެކްލީން ފާނަންޑޭޒް އަދި ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ފިލްމު 'ޖުޅްވާ 2' ގެ ޝޫޓިން ނިންމާލައިފި އެވެ.

'ޖުޅްވާ 2' އަކީ 1997 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ. 'ޖުޅްވާ 2' ވެސް ޑައިރެކްޓު ކޮށްފައި ވަނީ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓު ކުރި ޑޭވިޑް ދަވަން އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ސާޖިދު ނާދިއަދްވާލާ އެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފައި ވަނީ ތާޕްސީ ޕަންނޫ ކުރި ޕޯސްޓެއްގައެވެ. ތާޕްސީ ވަނީ ފިލްމުގެ ކާސްޓް އަދި ކްރޫ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ.

'ޖުޅްވާ 2'ގެ މަންޒަރުތައް ނަގާފައި ވަނީ ލަންޑަންގެ އިތުރުން މޯރިޝަސްގައެވެ. ފުރަތަމަ ދިލްމުގެ މަންޒަރުތައް ވެސް މޯރިޝަސްގައި ނަގައިފައިވެ އެވެ.

ފިލްމުގައި ވަރުންގެ ޑަބަލް ރޯލް ފެނިގެންދާ އިރު، ސަލްމާން ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

comment ކޮމެންޓް