ލިއޮނާޑޯ ޑިކެޕްރިއޯ ރާއްޖޭގައި!

ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ---

ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ލިއޮނާޑީ ޑިކެޕްރިއޯ ރާއްޖެ އަތުވެއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް "ސަން"އަށް އެނގިފައިވާ ގޮތުގައި، ޑިކެޕްރިއޯ ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުގެ ފިލްމް "ޓައިޓޭނިކް"ގެ ބަތަލު ލިއޮނާޑޯ ރާއްޖެ އައިސް މިވަގުތު ހުރީ، ކޯސްޓްލައިން އިންވެސްޓްމެންޓްސްއިން ބ. ކަނުފުށީގައި ހިންގާ "ފިނޮޅު" ރިސޯޓުގައެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ރާއްޖެ އައީ ހުކުރު ދުވަހުގެ ރޭ ފިނޮޅު ރިސޯޓުގައި ފެށި "ވަން އޯކް މޯލްޑިވްސް" ފެސްޓިވަލަށެވެ.

އެ ފެސްޓިވަލްގައި، ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި "ބްލަރޑް ލައިންސް" ލަވައިގެ ކިޔުންތެރިޔާ ރޮބިން ތީކްވެސް ބައިވެރިވާނެކަމަށް ފިނޮޅު ރިސޯޓުން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ޑިކެޕްރިއޯ އަންނަކަން އެ ރިސޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އެ ރިސޯޓުގެ ވަން އޯކް ފެސްޓިވަލް ފެށި ނަމަވެސް، ތީކް އަދި ޑިކެޕްރިއޯ އެ ރިސޯޓުގައި ތިބިކަމުގެ އެއްވެސް މައުލޫމާތެއް، ފިނޮޅުން ސޯޝަލް މީޑިއާގައި ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ދެ ތަރީން ރާއްޖޭގައި ތިބިކަމުގެ ނިޝާނެއް، ދެ ތަރީންގެ ސޯޝަލް މީޑިއާއަށްވެސް ދޫކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް