'ވޯންޓެޑް' އެކްޓަރު އިންދަރު ކުމާރު މަރުވެއްޖެ

ސަލްމާން ޚާންގެ ހިޓް ފިލްމު 'ވޯންޓެޑް' ގައި ސަލްމާންގެ ކޮއްކޮގެ ރޯލުން ފެނިގެން ދިޔަ ބޮލީވުޑް އެކްޓަރު އިންދަރް ކުމާރު މަރުވެއްޖެ އެވެ.

އިންދަރު މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު، ހިތް ހުއްޓިގެން ކަމަށް ޚަބަރުތައް ބުނެ އެވެ. އިންދަރު މަރުވެފައި އޮއްވައި ފެނިފައި ވަނީ މުމްބާއީގައި އޭނާ ދިރިއުޅޭ ގޭގަ އެވެ.

އިންދަރް މަރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. އިންދަރްގެ ކުއްލި މަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ. މަރުވި އިރު އިންދަރްގެ އުމުރުން 43 އަހަރެވެ.

ވީޑިއޯ ލަވަތަކުން އެކްޓިންގ ކެރިއަރު ފެށި އިންދަރް ވަނީ 'ކިޔުންކީ ސާސް ބީ ކަބީ ބަހޫތީ' ގައި މިހީރްގެ ރޯލުން ފެނިގެން ގޮސްފަ އެވެ. އަދި 'ވޯންޓެޑް' ގެ އިތުރުން 2000 ވަނަ އަހަރު ރިލީޒް ކުރި ސަންޖޭ ދަތުގެ 'ބާގީ' ގައި ވެސް އިންދަރް ފެނިގެން ދިޔަ އެވެ.

އިންދަރް މަރުވި އިރު، އޭނާ ދިޔައީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް