ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދު

އެރިއަދޫ އައިލެންޑް ރިސޯޓުން ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ވަން އެންޑް އޮންލީ ރީތި ރަށް ކައިރިއަށް ލޯންޗް އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. އަދި އެހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ މާލޭ ކްރާފްޓް ލޯންޗެއް އެސަރަހައްދަށް ފޮނުވި ކަމަށްވެސް އެންއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފްެގެ ލޯންޗް އެސަރަހައްދަށް ދެވުނުއިރު ކަނޑުވެފައިތިބި މީހުންވަނީ އެހެން ލޯންޗަކުން ނަގައި ސަލާމަތް ކޮށްފައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

އެ ހާދިސާ ހިނގިއިރު އެލޯންޗުގައި ދިހަ މީހުން ދަތުރުކުރި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ފަސް ފަތުރުވެރިއެއްގެ އިތުރުން ތިން ފަޅުވެރިއަކު ހިމެނެއެވެ.

ފެތުނު ލޯންޗުގެ ވެރިފަރާތާއި އެމްއެންޑީއެފް ގުޅިގެން އެރިއަދޫއަށް ލޯންޗު ގެނަދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް