އެމެރިކާގެ ގިނަ ސަރަހައްދުތަކުގެ ސަޕްލައި ފެނުގައި ކެންސަރު ޖައްސާ މާއްދާ ހިމެނޭ: ދިރާސާ

އެމެރިކާގެ ގިނަ ސަރަހައްދުތަކުގެ ސަޕްލައި ފެނުގައި ކެންސަރު ޖައްސާ މާއްދާތައް ހިމެނޭ ކަމަށް އެގައުމުގެ އެންވަޔަރަންމަންޓަލް ވާކިން ގްރޫޕްގެ ރިސާޗަރަކު ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓަލް ވާކިން ގްރޫޕުން އާންމުކޮށްފައިވާ އޮންލައިން ޑޭޓާ ބޭސްގައި ވަނީ އެމެރިކާގެ 50 ސްޓޭޓްގެ ޕަބްލިކް ވޯޓާ ސިސްޓަމުގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ ވަރު ހިމަނާފައެވެ.

އެޑޭޓާބޭސް އިން ފެންނަ ގޮތުގައި އެމެރިކާގެ ނިއުޔޯކްސިޓީގެ ފެނުގެ ނިޒާމުގައި ކެންސަރު ޖައްސާ ދިހަވައްތަރެއްގެ މާއްދާ ހިމެނެއެވެ. އޭގެ ތެރޭގައި ބްރޮމޯޑައިކްލޮރޯމީތޭން، ކްލްރޮފޯމް، ކްރްމިއަމް ޑައިކްލޮރޯއެސިޓިކް އެސިޑް ފަދަ މާއްދާތައް ހިމިނެއެވެ.

" ސަޕްލައި ފެނުގައި ހިމެނޭ މާއްދާތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ސަރުކާރުން އެބަޖެހޭ. އެކަމަކު ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުލިބޭނެ އެފަދަ މައުލޫމާތެއް. އެފަދަ މައުލޫމާތު ހަމައެކަނި ލިބޭނީ އަހަރެމެންގެ ފަރާތުން،" އެންވަޔަރަންމަންޓަލް ވާކިން ގްރޫޕްގެ ރައީސް ކެން ކުކް ވިދާޅުވިއެވެ.

ކެންސަރު ޖައްސާ 93 މާއްދާ އެދިރާސާގައި ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި 78 މާއްދާއިން ސިކުނޑިއާއި ނާރުތައް ހަލާކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. ހޯމޯންސް އަދި ދަރިމައިވުމުގެ މައްސަލަތައް ކުރިމަތި ކުރުވާ 45 މާއްދާ ވެސް އޭގެތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް