ސިންގަޕޫރުގެ ޓައިގަރ އެއާ އުވާލައި، ސްކޫޓްއާ އެއްކޮށްލައިފި

ސިންގަޕޫރުގެ ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ދެ ބަޖެޓް އެއާލައިން އެއްކޮށްލައި، އެއް ބްރޭންޑެއްގެ ދަށަށް ގެނެސްފިއެވެ.

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގި "ޓައިގަރ އެއާ"އަކީ، ސިންގަޕޯ އެއަލައިންސް ކުންފުނީގެ ބަޖެޓު އެއާލައިނެވެ. އޭގެ އިތުރުން އެކުންފުނިން ހިންގާ "ސްކޫޓް" އަކީ ދިގު ރާސްތާ ދަތުރުތަކަށް ޚާއްސަ ބަޖެޓު އެއާލައިނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ސްކޫޓާއި ޓައިގަރ އެއާ އެއްކޮށްލުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ދަށުން، ޓައިގަރ އެއާގެ އެންމެ ފަހު ފްލައިޓު ވަނީ، 24 ޖުލައި ވީ ހޯމަ ދުވަހު ސިންގަޕޫރުން އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގެ ތިރުޗިރައްޕަލީއަށް ދަތުރުކޮށްފައެވެ.

އޭގެ ފަހުން، 25 ޖުލައި ވީ އަންގާރަ ދުވަހު ޓައިގަރ އެއާ ވަނީ ސްކޫޓްއާ އެއްކޮށްލައިފައެވެ. ދެ އެއާލައިން އެއް އެއާލައިނަކަށް މާރޖުކޮށް، އެއީ މިހާރު ސްކޫޓް އެއާލައިނެވެ.

ސްކޫޓް ބްރޭންޑުގެ ދަށުން ހިންގާ ސްކޫޓް އެއާލައިނުގެ ދަށަށް، ޓައިގަރ އެއާއިން މީގެ ކުރިން ޚިދުމަތްދިން ނެޓްވޯކުގައި ހުރި މަންޒިލްތައްވެސް ވަނީ ގެނެސްފައެވެ. އެގޮތުން، ސްކޫޓްއިން 18 ގައުމެއްގެ 65 މަންޒިލަކަށް ދަތުރުކުރާނެއެވެ.

comment ކޮމެންޓް