ޝަރަފުގެ ހިނގާލުން މިއަދު ހުޅުމާލޭގައި، މޫސުމަށް ސަމާލުވާތި!

ޖުލައި 26، 2017: ގަލޮޅު ދަނޑުގައި ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތަކުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިވަންދުވަހާ ގުޅުވައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ޝަރަފުގެ ހިނގާލުން މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދާނެ ކަމަށް އެ އިދާރައިން ބުނެފިއެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 52 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހުޅުމާލޭގައި ޝަރަފްގެ ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، މީގެ ކުރީ އަހަރުތަކުގައިވެސް ޝަރަފްގެ ހިނގާލުން ހުޅުމާލޭގައި ކުރިއަށްގެންގޮސްފައިވެވެ. އަދި ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެންގޮސްފައެވެ.

މިއަދު ހުޅުމާލޭގައި ކުރިއަށްދާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއާއި ހުޅުމާލެއަށްވެސް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް ވަގުތު ތަކުގައި މޫސުން އެންމެ ރަނގަޅު ނުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް