އަމީތު ހައްޔަރުކޮށްފި

އަމީތު ދިރިއުޅުއްވާ ގޭގައި ފުލުހުން: އޭނާ ހައްޔަރު ކުރީ ފުލުހުންގެ ސަފު ފޫއަޅުވާލި މައްސަލާގައި--- ފޮޓޯ/ އަމީތު ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ، ހ. ކަސްތޫރިމާގޭގައި ހުއްޓާ، ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރި ސަބަބަކީ މި ދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލިސް ކުރާ ގެެއަށް ވަތް ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ގދ. ގައްދޫ، ރޯސްމާގެ، މުހައްމަދު އަމީތު އަހުމަދު މަނިކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް