ހުޅުމީދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ނިންމައިފި

ސ. ހުޅުމީދޫ ޝަރިއުމީނާ މަގު، އެމްއާރުޑީސީއާ ހަވާލުކޮށްގެން ހިންގި އެ މަޝްރޫއުގައި ހަތަރު މަގު ހަދާފައި ވޭ -- ފޮޓޯ: އެމްއާރުޑީސީ

އައްޑޫ ސިޓީ ހުޅުމީދޫގެ މަގު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި އެ ޕްރޮޖެކްޓަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ހިންގި ޕްރޮޖެކްޓެކެވެ. މިމަހުގެ 23 ވަނަ ދުވަހު އެ މަސައްކަތް ނިންމާފައިވާއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތް ފުރަތަމަ ނިންމަން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހަށެވެ.

ހުޅުމީދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަދާފައި ވަނީ ހަތަރު މަގުގެ ޑިޒައިން މަސައްކަތާއި މަގު ހެދުމުގެ މަސައްކަތެވެ.

އެ ހަތަރު މަގަކީ އަޅިވިލާ މަގާއި، ދޮން މަނިކު ހިނގުމާއި ޝަރިއުމީނާ މަގު އަދި ޝޭޚް އަބްދުލް ބާރީ ހިނގުމެވެ.

އެމްއާރުޑީސީ އިން ހިންގި އެ ޕްރޮޖެކްޓުގައި 1.4 ކިލޯމީޓަރުގެ މަގު ހަދާފައިވާއިރު، އެ މަސައްކަތަކީ 12.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް