ސީމާގެ ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމް ރާއްޖޭގައި ފަށަނީ

އެމްސީއައިއެފްއިން "ސައުތް އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފިނޭންސް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްސީއައިއެފް

ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް (ސައިފް)ގެ ފަރާތުން އިންގިރޭސި ވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ)ގެ ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމް ރާއްޖޭގައި ފެށުމަށް ނިންމައި އިއުލާންކޮށްފިއެވެ.

"ސައިފް"އަކީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ޓްރޭނިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. ސައިފްއިން އަލަށް ތަޢާރަފު ކުރި ޑިޕްލޮމާއަކީ މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ.

އެމްސީއައިއެފް އިން ބުނި ގޮތުގައި އެކޯހަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކާއި އެދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލެވިފައިވާ ކޯހެކެވެ.

އެއް އަހަރު ދުވަހުން ނިންމޭ އެކޯހަކީ ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް ހާސިލްކޮށްފައިވާ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޕްރޮގްރާމެއް ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޯހާ ގުޅޭ އިތުރު މައުލޫމާތު އެ ސެންޓަރުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް