އަތޮޅުތެރެއިން ޖީއެސްޓީ ނުދައްކާ 121 ފަރާތެއްގެ ނަން ހާމަކޮށްފި

މީރާ: ޖީއެސްޓީ ނުދައްކާ މީހުންގެ ނަން ވަނީ އާންމުކޮށްފައި -- ސަންފޮޓޯ/ އަލީ ނަސީރު

މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މީރާއިން ހާމަ ކުރި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 22 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރި ކުރާ 99 ފަރާތަކާއެކު ޖުމުލަ 121 ފަރާތެއްގެ ނަން ހިމެނެއެވެ.

މީރާއިން ބުނި ގޮތުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ އެވެ. އަދި އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް