ހަތަރު ޓީމަކާއެކު ސަން ސިޔާމް ބަނޑިދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް ފަށައިފި

ސަން ސިޔާމް ބަނޑިދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ޓީމް ކައުންސިލާއި ފެނަކަ ބަނޑިދޫ ބްރާންޗް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީމް ކައުންސިލް މޮޅުވީ 3-1 ސެޓުން ---

ދ. ބަނޑިދޫގެ އޮފީސްތަކަށް އަމާޒުކޮށްގެން އެ ރަށުގައި ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއެކު ބާއްވާ އެ މުބާރާތް ފެށިގެންދިޔައީ އިއްޔެ ހަވީރު ބަނޑިދޫ ވޮލީ ކޯޓުގައެވެ.

ބަނޑިދޫ ކައުންސިލާއި އެ ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން އިންތިޒާމްކުރާ އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ޝަރަފްވެރިކޮށްދެއްވީ އެމްޑީއޭގެ ރަޖިސްޓްރާ މުހައްމަދު އުމަރެވެ.

ސަން ސިޔާމް ބަނޑިދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ޓީމް ކައުންސިލާއި ފެނަކަ ބަނޑިދޫ ބްރާންޗް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީމް ކައުންސިލް މޮޅުވީ 3-1 ސެޓުން ---

އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ކައުންސިލާއި ފެނަކަ ބަނޑިދޫ ބްރާންޗްގެ ޓީމެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ފެނަކަ ބަނޑިދޫ ބްރާންޗްގެ މައްޗަށް ޓީމް ކައުންސިލުން ކުރި ހޯދީ 3-1 ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީމް ކައުންސިލްގެ އަލީ އިބްރާހީމެވެ.

އެ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބަނޑިދޫ ސްކޫލާއި ބީއެޗްސީ ވޮލީ ޓީމެވެ. އެ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ބަނޑިދޫ ސްކޫލެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑިދޫ ސްކޫލުގެ އަހްމަދު އަޒީމެވެ.

ސަން ސިޔާމް ބަނޑިދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ޓީމް ކައުންސިލާއި ފެނަކަ ބަނޑިދޫ ބްރާންޗް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީމް ކައުންސިލް މޮޅުވީ 3-1 ސެޓުން ---

މި މަހުގެ 25 އިން ފެށިގެން 29ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ޓީމް ކައުންސިލާއި ފެނަކަ ބަނޑިދޫ ބްރާންޗާއި ބަނޑިދޫ ސްކޫލްގެ އިތުރުން ބީއެޗްސީ ވޮލީ ޓީމެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، ފައިނަލަށް ދަތުރުކުރާނީ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

އެ މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުރިއަށްދާނެއެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޓީމް ކައުންސިލާއި ބީއެޗްސީ ވޮލީ ޓީމެވެ.

ސަން ސިޔާމް ބަނޑިދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ވަނަވަނަތައް ހޯދާ ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް