މުމްބާއީގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި 17 މީހަކު މަރުވެއްޖެ

މުމްބާއީގައި ވެއްޓުނު އިމާރާތުގެ ދަށުން 28 މީހަކު ވަނީ ސަލާމަތްކޮށްފަ -- ފޮޓޯ: އިންޑަސް އިމޭޖެސް

މުމްބާއީ (ޖުލައި 26): އިންޑިއާގެ މުމްބާއީގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 17އަށް އަރައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ހަތަރު ފަންގިފިލާގެ އެއިމާރާތުގެ ދަށުގައި ތާށިވެފައި ތިބި 28 މީހަކު ވަނީ މިހާތަނަށް ސަލާމަތްކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

މުމްބާއީ މުނިސިޕަލްޓީގެ އިސް އޮފިޝަލެއް ކަމަށްވާ ސުދިރު ނައިކް ވިދާޅުވި ގޮތުގައި އެ އިމާރާތުގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރެއް ހުއްޓެވެ. ނަމަވެސް އިމާރާތް ވެއްޓުނު އިރު އެސެންޓަރުގައި އެއްވެސް މީހަކު ނެތް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ސުދިރު ވިދާޅުވި ގޮތުގައި އެއިމާރާތް ވެއްޓުނީ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެހެންކަމުން އެހާދިސާ ތަހުގީގު ކުރުމަށް ޓަކައި މުމްބާއީގެ ފުލުހުން ވަނީ އިމާރާތުގެ ވެރިޔާ ހައްޔަރުކޮށްފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް