ގއ. ވިލިނގިލީގައި އެކްސިޑެންޓެއް ހިނގައި، އެކަކު މާލެ ގެނެސްފި

ގއ. ވިލިނގިލި: --

ގއ. ވިލިނގިލީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް، މުސްތަފާ މުހައްމަދު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު، އެރަށުގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކަންމަތީގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ.

"ދެ ސައިކަލު ޖެހުނީ. ދެ މީހުންނަށް އަނިޔާވި. އޭގެ ތެރެއިން އެކެއްގެ ބޮލުގެ އެކި ތަންތަން ފަޅައިގެން ގޮސްފަ ހުރީ. އޭނާ މިހާރު މާލެ ފޮނުވާލައިފި،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ހޭ ނެތިފައެވެ.

އެހާދިސާގައި ދެން އަނިޔާވި މީހާއަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް ގައިގެ އެކިތަންތަން ވަނީ ޒަޚަމްވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ހިނގީ އެރަށު ބޮޑު މަގުގައި، ހަތަރު އަނގޮޅި ހަމަވާ ކަންމައްޗެއްގައި ދެ ސައިކަލު ޖެހިގެން ކަމަށާއި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

comment ކޮމެންޓް