ކީޕަރު އިމްރާން މިލަންދޫ ޓީމަށް

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް އާއެކު އިމްރަން ތަމްރީން ހަދަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ގައުމީ ޓީމްގެ ގޯލްކީޕަރު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދެވަނަ ކީޕަރު މުޙައްމަދު އިމްރާން މި އަހަރު އަލަށް ޕްރިމިއާ ލީގުގައި ވާދަކުރާ ށ. މިލަންދޫ ޓީމާ ގުޅިއްޖެއެވެ.

މާލޭ ލީގު ފެށިގެން ގިނަ މެޗުތަކުގައި ވިކްޓަރީގެ ބެންޗުގައި އިމްރާން އިންނަން ޖެހުނު އިރު އޭނާއަށް ވަނީ ގައުމީ ޓީމުގައިވެސް ދެވަނަ ކީޕަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހިފައެވެ. އިމްރާނަށް ވިކްޓަރީގެ ގޯލް ބަލަހައްޓަން ލިބުނީ އެންމެ މެޗެއްގައެވެ.

މިލަންދޫ ޓީމާ ކީޕަރު އިމްރަން ގުޅުނުއިރު ފުރަތަމަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެޓީމަށް ބަދަލުވެފައިވަނީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އާދަމް އިމްރާން (އިންނަ)އެވެ.

މިލަންދޫ ޓީމުން ޕްރިމިއާ ލީގަށް ސްކޮޑް ވަރުގަދަ ކުރާއިރު އެޓީމުންވަނީ ކުރީގެ ގައުމީ ޓީމަށް ކުޅެ ކޯޗިން ދާއިރާގައިވެސް ތަޖުރިބާ ތަކެއް ހޯދާފައިވާ މުޙައްމަދު ނާސިރު އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ.

ނާސިރު ފުރަތަމަ ޑިވިޝަނުގެ މުބާރަތެއްގައި ކޯޗުކަން ކޮށްދިނުމަށް މިިލަންދޫ ޓީމާ މުޅިން އަލަށް ގުޅުނު ނަމަވެސް އޭނާ ވަނީ މީގެ ކުރިން ބައެއް ޓީމުތަަކަށް ކޯޗްކަން ކޮށްދީފައެވެ.

comment ކޮމެންޓް