ވިކްޓަރީ ދޫކޮށް ބަކާ މާޒިޔާއަށް

ޑިސެމްބަރު 21، 2015: ސާފް ސުޒުކީ ކަޕަށް ގައުމީ ފުޓުބޯޅަ ޓީމު ފުރުމުގެ ކުރިން ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޑަކުދިންނާ އެކު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މުޙައްމަދު އާރިފް (ބަކާ) މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ބަދަލްވެއްޖެއެވެ.

ބަކާ ވިކްޓަރީ ދޫކޮށް މާޒިޔާއަށް ބަދަލުވެފައިވާއިރު ޕްރިމިއާ ލީގަށް ކޮލިފައިވި ގިނަ ޓީމް ތަކުން އަންނަނީ އެ ޓީމު ތަކުގެ ސްކޮޑް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އެއް ޓީމަކުން އެންމެ ގިނަ ކުޅުންތެރިން އެހެން ކްލަބްތަކަށް ބަދަލުވި އެއް ޓީމަކީ ވިކްޓަރީއެވެ.

މި ހަފްތާ ފެށިގެން އައި އިރު ވިކްޓަރީގެ ހަތަރު ކުޅުންތެރިއެއްވަނީ އެޓީމް ދޫކޮށް އެހެން ކްލަބް ތަކަށް ބަދަލްވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ވިކްޓަރީ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ވިކްޓްރީގެ ކެޕްޓަން އިސްމާއިލް އީސައާއި، ކީޕަރު މަހުމޫދު އަލް ޔޫސުފް އަދި އަންދްރޭ ކެރިކްއެވެ. މި ތިން ކުޅުންތެރިންވެސް ގުޅިފައިވަނީ މާޒިޔާއާއެވެ.

ބަކާއާއެކު މިއަދު ވަނީ ކީޕަރު މުހައްމަދު އިމްރާންވެސް ވިކްޓަރީ ދޫކޮށްލާފައެވެ. އޭނާ ބަދަލްވެފައިވަނީ ޕްރިމިއާލީގުގައި ކުޅޭ މިލަންދޫ ޓީމަށެވެ.

ބަކާ މީގެ ކުރިން ރާއްޖޭގެ ބޮޑެތި ކްލަބް ތަކަށް ކުޅެފައިވާއިރު އޭނާ ވަނީ މީގެ ކުރިން މާޒިޔާއަށް ކުޅެފައެވެ. އޭނާ މާޒިޔާއަށް ކުޅެފައިވަނީ 2013 ވަނަ އަހަރުއެވެ.

comment ކޮމެންޓް