ލޯޔަރު ވައްޑޭގެ ބަންދަށް 15 ދުވަސް ޖަހައިފި

ލޯޔަރު ވައްޑޭ -- ސަން ފައިލް ފޮޓޯ

ފުލުހުންގެ ސަފު ފޫއަޅުވާލައި ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހް (ލޯޔަރު ވައްޑޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ވަނީ ތުލުސްދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފަ އެވެ. ވައްޑެ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ވައްޑެއަކީ މަޖިލިސް މެމްބަރުކަމުގެ ހައިސިއްޔަތު ނެތް ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެއް ކަމަށެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަނީ ސިފައިންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ފުލުހުން އެތަނަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެމީހުން މަޖިލީހުން ނެރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް