އަނެއްކާވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފި

މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

ސުޕްރީމް ކޯޓު ކައިރީގައި ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހެރިތާ ކުޑ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.

އެ މާރާމާރީ ހިންގާފައިވާ އޭއެމްޑީސީ ކްލިނިކް ކައިރީގައި މިއަދު މެންދުރުފަހު 2:08 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީގައި ޒަހަމްވި ދެ މީހަކު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. މިއަދު މެންދުރުފަހު ދޭއް ޖަހަން އުޅެނިކޮށް ވެސް ސުޕްރީމް ކޯޓު ކައިރީގައި ވަނީ ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ.

އެ މާރާމާރީއާ ގުޅިގެން ވެސް އަދި ޒުވާނަކު ހައްޔަރެއް ނުކުރެެ އެވެ. މާރާމާރީ ހިންގަނީ ކޮން ބައެއް ކަމެއް އަދި ސިލްސިލާ މާރާމާރީތައް ހިންގަނީ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިގެން އުޅޭ ކަމެއްގެ ސަބަބުން ކަމަށް އަދި ކަށަވަރެއް ނުވެ އެވެ.

comment ކޮމެންޓް