އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލުކޮށްފި

ބަންޑާރަ ނައިބު މުހައްމަދު އަނިލް: އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި-- ސަން ފައިލް ފޮޓޯ

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ރައީސް ބާތިލުކުރައްވައިފި އެވެ.

އެ މައްސަލަ ބާތިލު ކުރީ ބަންޑާރަ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަހަޅަން ޖެހޭ ގާނޫނު އަސާސީގެ "ނުބައި" މާއްދާއަކާ ހަވާލާދީފައިވާތީ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މެމްބަރުންނަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބު އަނިލްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ މައްސަލައެއް ކަމަށްނުވާތީ އެ މައްސަލަ ބާތިލު ކުރަން ނިންމާފައިވާ ކަމަށެވެ.

ަަގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެ ހާލަތްތަކާއި ގޮތްތަކުގެ ވާހަކަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.

އިދިކޮޅު ފަރާތްތަކުން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 24 މެމްބަރުންގެ ސޮޔާ އެކު އެވެ.

comment ކޮމެންޓް